ކޮވިޑްގެ ކޭސްތައް އިތުރުވެ އިންޑިއާގެ ހޮސްޕިޓަލްތައް އެލާޓަށް

ކޮވިޑްގެ ކޭސްތައް އިތުރުވެ އިންޑިއާގެ ހޮސްޕިޓަލްތައް އެލާޓަށް
ލިޔުން:
އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ހޮސްޕިޓަލުތަކުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް މޮކް ޑްރިލްތަކެއް ބާއްވަން ފަށައިފިއެވެ.
މޮކް ޑްރިލްތަކުގައި ޕަބްލިކް އަދި ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ބައިވެރިވެއެވެ.
އެ ޑްރިލްތައް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދަނީ މިއަދާ މާދަމާއެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު މަދު ނަމަވެސް، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
2021 ވަނަ އަހަރު އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ހުސްވެ ކްރިޓިކަލް ކެއާ އެނދުތައް ހުސްވިއެވެ. އާދިއްތަ ދުވަހު އިންޑިއާއިން 6،000 އާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 35،000 އެވެ.
ކޭސްތައް ކުއްލިއަށް އިތުރުވާން ދިމާވީ އޮމިކްރޯން ސަބްވޭރިއަންޓް އެކްސްބީބީ.1.16 ގެ ސަބަބުންނެވެ. ޑަބްލިއުއެޗްއޯއިން ދަނީ އިންޑިއާގައި ސަބްވޭރިއަންޓް ފެތުރޭ މިންވަރު ބަލަމުންނެވެ.
ފާއިތުވި ހަފުތާތަކުގައި އިންޑިއާގެ ގިނަ ސިޓީތަކަކުން ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް، މި އަދަދު އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު މަންޑަވިޔާ ވަނީ ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅުންހުރި ކޭސްތައް ޓްރެކްކޮށް އިމަޖެންސީ ހޮޓްސްޕޮޓްތައް ދެނެގަތުމަށް ސިއްހީ އޮފިޝަލުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކޮވިޑް-19 އަށް ޓެސްޓު ކުރުމާއި ވެކްސިން ދިނުން އިތުރުކުރުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އާންމު ތަންތަނުގައި މާސްކު އެޅުން ފަދަ ކޮވިޑް-19 އާ ގުޅޭ އަމަލުތަކަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ސްޓޭޓްތަކުގައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮވިޑްގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޗައިނާގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން ޑިސެމްބަރު މަހުން ފެށިގެން އިންޑިއާ އޮތީ އެލާޓްގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
