މާލެ: 31°C

ކޮވިޑްގެ އަސްލަކީ ލެބެއްގެ ހާދިސާއެއް: އެފްބީއައިގެ ޑިރެކްޓަރު

March 2, 2023
2 ފަހަރު ބަލާފައި
ކޮވިޑްގެ އަސްލަކީ ލެބެއްގެ ހާދިސާއެއް: އެފްބީއައިގެ ޑިރެކްޓަރު
ކޮވިޑްގެ އަސްލަކީ ލެބެއްގެ ހާދިސާއެއް: އެފްބީއައިގެ ޑިރެކްޓަރު
ކޮވިޑް-19 ގެ ވައިރަސް އުފެދުނީ ޗައިނާ ސަރުކާރުން ކޮންޓްރޯލް ކުރާ ލެބަކުން ކަމަށް ގަބޫލުކުރެވޭ ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފިއެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެފްބީއައިއީގެ ޗީފް ކްރިސްޓޯފާ ރޭ ވިދާޅުވީ، ބަލިމަޑުކަމުގެ އަސްލަކީ ލެބްގެ ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ. މިއީ ޕެންޑެމިކް ވައިރަސް އުފެދުނު ގޮތާ ބެހޭ ގޮތުން އެފްބީއައިއިން ނިންމި ސިއްރު ނިންމުން އާންމުކޮށް ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ގިނަ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ވައިރަސް، ލެބަކުން ލީކުވި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އެމެރިކާގެ ސަރުކާރުގެ އެހެން އިދާރާތަކުން ވައިރަސްގެ އަސްލާ ގުޅޭ ގޮތުން ނިންމާފައިވީ އެފްބީއައިއާ މުޅިން ތަފާތު ނިންމުންތަކެވެ. އެ އިދާރާތުކުން ބުނާ ގޮތުގައި ވައިރަސް އުފެދުނީ ލެބަކުން ނޫނެވެ. އޭގެ ބަދަލުގައި އެ މީހުން ބުނަނީ ވައިރަސް ޖަނަވާރުންގެ ކިބައިން އިންސާނުންނާ ހަމަޔަށް ދިޔައީ ކަމަށެވެ. ޗައިނާ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން 2021 ވަނަ އަހަރު ކުރި ތަހުގީގެއްގައި ވަނީ "ލެބް ލީކް ތިއަރީ" އެއީ ނާދީރުކަމެއް ކަމަށް ބުނެފައެވެ. ޑަބްލިއުއެޗްއޯގެ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން، ޑިރެކްޓާ ޖެނެރަލް ވަނީ ހުރިހާ "ހައިޕޮތެސިސް" އެއް އަދިވެސް ހުޅުވާލެވިފައިވާ ކަމަށާއި އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ވިދާޅުވެ އާ އިންކުއަރީއަކަށް ގޮވާލައްވާފައެވެ. އެފްބީއައިން ވައިރަސް ލީކުވި ގޮތާއި ބެހޭ ގޮތުން ނިންމި ނިންމުން އާއްމުކޮށްފައިމިވަނީ މިވަނީ ކޮވިޑްގެ އަސްލާ މެދު "އިތުރަށް ތެދުވެރިވާން" ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ނާކާމިޔާބުކޮށް އޮޅުވާލަން ޗައިނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްބީއައިއިން ތުހުމަތުކުރެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވައިރަސް ޖަނަވާރުންގެ ކިބައިން އިންސާނުންނާ ހަމަޔަށް އައިސްފައިވަނީ ވޫހާން ސިޓީގެ ސީފުޑް މާކެޓަކުން ކަމަށް ބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ