މާލެ: 31°C

ކޮވިޑް ކޭސްތައް ގިނަވެފައި ވާތީ ޗައިނާ މީހުން އެތެރެވުން މަނާކުރަން އެމެރިކާއިން ވިސްނަނީ

December 28, 2022
2 ފަހަރު ބަލާފައި
ކޮވިޑް ކޭސްތައް ގިނަވެފައި ވާތީ ޗައިނާ މީހުން އެތެރެވުން މަނާކުރަން އެމެރިކާއިން ވިސްނަނީ
ކޮވިޑް ކޭސްތައް ގިނަވެފައި ވާތީ ޗައިނާ މީހުން އެތެރެވުން މަނާކުރަން އެމެރިކާއިން ވިސްނަނީ
ޗައިނާގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައި ވާތީ އެގައުމުން އެމެރިކާއަށް ދަތުރުކުރުން މަނާކުރުމުގެ  ވިސްނުން ގެންގުޅޭ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އެހެން ބުނެފައިމިވަނީ ޗައިނާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފަށާފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ. އަދި ޗައިނާއިން ކޮވިޑްގެ އަދަދުތައް ހާމަކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށް ބުނެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. "ޗައިނާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ނުރައްކާ ބޮޑުވެ، ވައިރަލް ޖީނޯމިކް ސީކުއެންސް ޑޭޓާ ހިމެނޭ ގޮތަށް ދެފުށް ފެންނަ ޑޭޓާއެއް އެ ގައުމުން ރިޕޯޓް ނުކުރާތީ ބައިނަލްއަގުވާމީ މުޖުތަމައުގައި ކަންބޮޑުވުންތައް ދަނީ އިތުރުވަމުން،" ޗައިނާއަށް އިޝާރާތް ކުރައްވައި އެމެރިކާގެ އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވިއެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޖީނޯމިކް ޑޭޓާ ނެތުމުގެ ސަބަބުން ޕަބްލިކް ހެލްތު އޮފިޝަލުންނަށް އާ ވޭރިއަންޓެއް ދެނެގަނެ، ބަލި ފެތުރުން މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެ ކަން ކަށަވަރު ކުރަން ދަތިވާ ކަމަށެވެ. ޖަޕާން، އިންޑިއާ އަދި މެލޭޝިއާއިން ޗައިނާއިން މީހުން އެތެރެވުމުގައި ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު ޗައިނާ އިން ބުނީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެ ގައުމަށް އެތެރެވާ މީހުންގެ ކޮވިޑް ކަރަންޓީން އުވާލާނެ ކަމަށެވެ. ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު ޗައިނާގެ ގިނަ ބަޔަކު ދަނީ ބޭރުގައުމުތަކަށް ދަތުރުކުރަން ރާވާފައެވެ. ބެއިޖިންގެ ހާރިޖީ ވުޒާރާއިން އަންގާރަ ދުވަހު ބުނެފައިވަނީ ގައުމުތަކުން "ސައިންޓިފިކް އަދި އެކަށީގެންވާ" ޑިޒީޒް ކޮންޓްރޯލްތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ