ކޮވިޑަށް ތިން އަހަރު: ފެތުރުނުގޮތާ ބެހޭ ގޮތުން އެނގުނީ ކޮންކަމެއް؟

ކޮވިޑަށް ތިން އަހަރު: ފެތުރުނުގޮތާ ބެހޭ ގޮތުން އެނގުނީ ކޮންކަމެއް؟
ލިޔުން:
ކޮވިޑް-19 އަކީ އާލަމީ ބަލިމަޑުކަމެއް ނުވަތަ "ޕެންޑެމިކް" އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިއުލާނުކުރީ 2020 ވަނަ އަހަރުގެ މާޗްމަހުގެ 11 ވަނަ ދުވަހު އެެވެ. މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، އިގުތިސާދީ ގޮތުން ދުވަހަކު ނާންނަ ވަރުގެ ކާރިސާއެއްގެ ތެރެއަށް ވައްޓައިލި އެ ބަލި ޖައްސާ ވައިރަސް، އިންސާނުންގެ ތެރެއަށް ފެތުރުނު ގޮތާ ބެހޭ ގޮތުން އޭރުއްސުރެ އުފެދިފައި ހުރި އެތައް ސުވާލެއް އެބަ ހުއްޓެވެ.
"އެއީ ހަމަ ހަގީގަތުގައި ވެސް ޖަނަވާރުގެ ފުށުން އިންސާނުންނަށް ފެތުރުނު ބައްޔެއް ހެއްޔެވެ؟ ނުވަތަ އެއީ ލެބޯޓްރީއެއްގައި ހިނގި އެކްސިޑެންޓަކުން ފެތުރުނު ބައްޔެއް ހެއްޔެވެ؟" މިއީ އެގޮތުން އުފެދުނު އެންމެ ބޮޑު ދެ ސުވާލެވެ. ކޮވިޑަނީ އާލަމީ ވަބާއެއް ކަމަށް ކަނޑައެޅިތާ ފުރިހަމަ ތިން އަހަރު ފުރުނު އިރު މި ސުވާލުތަކަށް ޖަވާބު ލުބިފައި ވަނީ ކިހާ ވަރަކަށް ހެއްޔެެވެ. އެ ދެ ގޮތުން ކުރެ ސައިންސްވެރިން ބުރަވާ ގޮތަކީ ކޮބައިހެއްޔެވެ؟
އެންމެ ކުރު ޖަވާބަކީ، ސައިންސްވެރިންގެ ތެރެއިން ގިނަ ބަޔަކު ދެކެނީ އެ ބައްޔަކީ ގުދުރަތީ ގޮތުން ފެތުނު ބައްޔެއް ކަމަށޭ ބުނުމެވެ. އެހެން ނަމަވެސް އެ ނޫން ގޮތަކަށް، ްއެ ބަލި ފެތުރުނީ ޗައިނާއިގެ ލެބޯޓްރީއެއްގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް ނުވަތަ އެއީ ޗައިނާއިން ބަޔޮލޮޖިކަލް ހަތިޔާރެއް އުފައްދަން ކުރި މަސައްކަތެއްގެ ސަބަބުން ފެތުރުނު ބައެއްޔެ ކަމަށް ދެކޭ ފަރާތްތަކަށް އެގޮތަށް ދެކުމަށް ބާރު ލިބޭ ކަންތައްތައް އަދި ވެސް އެބަހުއްޓެވެ. އެ ވާހަކަތައް ނުހުއްޓޭ މައިގަނޑު ސަބަބަކީ އެ ބައްޔާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން އަމަލުކުރަމުން އަންނަ ސިއްރުވެރި ގޮތްތަކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
