މާލެ: 31°C

ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިޔާއަށް ހަތިޔާރު ދިނުމަށް މިދަނީ ވިސްނަމުން: ޗައިނާ

February 20, 2023
2 ފަހަރު ބަލާފައި
ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިޔާއަށް ހަތިޔާރު ދިނުމަށް މިދަނީ ވިސްނަމުން: ޗައިނާ
ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިޔާއަށް ހަތިޔާރު ދިނުމަށް މިދަނީ ވިސްނަމުން: ޗައިނާ
ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަން ރަޝިޔާއަށް ހަތިޔާރު ދިނުމަށް ޗައިނާއިން ވިސްނަމުންދާ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ. ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ، ޗައިނާގެ ކުންފުނިތަކުން މިހާރުވެސް ރަޝިޔާއަށް "ނޮން ލީތަލް ސަޕޯޓް" ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޗައިނާއަށް ބޮޑެތި ގެއްލުންތަކެއް އަންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. އަސްކަރީ އާލާތްތަކަށް ރަޝިޔާއިން އެދުނު ކަމަށް ދެކެވޭ ވާހަކަތައް ޗައިނާއިން ދޮގުކުރެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެކުވެރިއަކަށްވާއިރު ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ޗައިނާއިން އަދި މިހާތަނަށް ކުށްވެރިކޮށްފައެއް ނުވެއެވެ. ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާއާ އެކު އޮންނަ ގުޅުމާ ގުޅިގެން އެމެރިކާއިން "އިނގިލި ދިއްކުރުމާއި މަޖުބޫރުކުރުން" ބަލައިނުގަންނާނެ ކަމަށެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ހޮނިހިރު ދުވަހު ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވަންގް ޔީއާ ބައްދަލުކުރެއްވުމަށްފަހު ބްލިންކެން ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ޗައިނާއިން ރަޝިޔާއަށް ލީތަލް މެޓީރިއަލް ސަޕޯޓް ފޯރުކޮށްދެވިދާނެކަމުގެ ބިރު އޮތުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ. "މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ފެނުނީ ޗައިނާގެ ކުންފުނިތައް... ޔޫކްރެއިންގައި ބޭނުންކުރުމަށް ރަޝިޔާއަށް ނޮން ލީތަލް ސަޕޯޓް ފޯރުކޮށްދިނުން. އަޅުގަނޑުމެންނަށް މިހާރު އޮތް ކަންބޮޑުވުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް، ލީތަލް ސަޕޯޓް ދޭން ވިސްނަމުންދާ ކަމަށް،" އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެ ކުރީކޮޅު އެމެރިކާއިން ޗައިނާގެ ޖާސޫސީ ބެލޫނެއް ވައްޓާލުމާ ގުޅިގެން އެމެރިކާއާ ޗައިނާއާ ދެމެދު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދެފަރާތުން ވެސް ވަނީ ބަހުގެ ހޫނު ހަމަލާތައް ރައްދުކޮށްފައެވެ. ނަމަވެސް ޔޫކްރެއިންގައި ތިބި ރަޝިޔާ ސިފައިންނަށް އެހީވުމަށް ޗައިނާއިން ހަތިޔާރު ފޯރުކޮށްދީފިނަމަ އެމެރިކާ އާއި ޗައިނާގެ ގުޅުން މިއަށްވުރެ ބޮޑަށް ހީނަރުވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ