މާލެ: 31°C

ޗައިނާގެ އެންމެ ޕްރޮވިންސަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 88 މިލިޔަނަށް

January 13, 2023
2 ފަހަރު ބަލާފައި
ޗައިނާގެ އެންމެ ޕްރޮވިންސަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 88 މިލިޔަނަށް
ޗައިނާގެ އެންމެ ޕްރޮވިންސަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 88 މިލިޔަނަށް
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް ދޫކޮށްލުމާއި އެކ އައި ރާޅުފައ ިޗައިނާގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ހިނާންގައި 88.5 މިލިޔަން މީހުންނަށް ކޮވިޑް ޖެހުނު ކަމަށް އެ ޕްރޮވިންސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ހިނާން ޕްރޮވިންސްގެ އޮފިޝަލް ކަން ކުންޗެންގް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ޕްރޮވިންްސްގެ މުޅި އާބާދީގެ ގާތްގަނޑަކަށް 90 ޕަސެންޓް މީހުންނަށް މިފަހަރު ކޮވިޑް ޖެހުނު ކަމަށެވެ. އެއީ ގާތްގަނޑަކަށް 88.5 މިލިއަން މީހުންނެވެ. މިދިޔަ ޑިސެމްބަރު މަހު ޒީރޯ ކޮވިޑުގެ ސިޔާސަތުތައް ދޫކޮށްލުމާ އެކު ޗައިނާއިން ދަނީ ކޭސްތައް ހީވެސް ނުކުރާ ވަރަށް އިތުރުވަމުންނެވެ. މި ފިޔަވަޅު އެޅީ ލޮކްޑައުން ކުރުމާއި ކަރަންޓީން ކުރުމާއި މާސް ޓެސްޓުހެދުމާ ދެކޮޅަށް މުޒާހަރާކުރުމާއި ގުޅިގެންނެވެ. އެ ކޭސްތައް ފެނުނީ ކޮން އިރަކު ކަމެއް ކަން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ހެނާންގައި ކޭސްތައް އިތުރުވީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވީ ހެނާން ޕްރޮވިންސްގައި ހުމަށް ހާއްސަކޮށްފައިވާ ކްލިނިކްތަކަށް ޒިޔާރަތްކުރުން އެންމެ މައްޗަށް ދިޔައީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ހެނާން ޕްރޮވިންސްގެ ތަފާސް ހިސާބުތަކަކީ މަރުކަޒީ ސަރުކާރުގެ ކޮވިޑުގެ ތަފާސް ހިސާބުތަކާ މުޅިން ހިލާފު އަދަދުތަކެކެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގައި ކޮވިޑުގެ ސިޔާސަތު އުވާލި ފަހުން ބަލި ޖެހިގެން 30 މީހުން މަރުވިއެވެ. އެހެނިހެން ލޯކަލް އަދި ޕްރޮވިންސް އޮފިޝަލުންވެސް ހިއްސާކުރަނީ މަރުކަޒީ ސަރުކާރާ މުޅިން ތަފާތު އަދަދުތަކެކެވެ. ކިންގްޑާއޯގެ ސިއްހީ އިސް އޮފިޝަލަކު ވިދާޅުވީ ދުވާލެއްގެ މައްޗަށް ބައި މިލިއަން މީހުންނަށް ބަލި ޖެހެމުންދާ ކަމަށެވެ. ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ފައިޒާގެ އެންޓިވައިރަލް ކޮވިޑް މެޑިސިން ޕެކްސްލޮވިޑް ގެ އަސާސީ މެޑިކަލް އިންޝުއަރެންސް ސްކީމްތަކުގައި ނުހިމަނަން ނިންމާފައެވެ. ސަބަބަކީ އެމެރިކާގެ ކުންފުންޏަކުން ބުނެފައިވާ އަގު ބޮޑުވުމުންނެވެ. ޗައިނާގެ ބްރޯޑް ހެލްތްކެއާ އިންޝުއަރެންސް ސްކީމުގެ ދަށުން މާޗް މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަގުތީ ގޮތުން ކަވަރުކޮށްފައިވާ މި ބޭހުގެ ޑިމާންޑް މިދިޔަ މަހު ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ފައިޒާ އިން ޗައިނާ ސަރުކާރާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކާ ގުޅިގެން ޗައިނާއަށް އެކަށީގެންވާ މިންވަރަށް ސަޕްލައި ކުރަމުން ގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ