ޗައިނާގެ ކޯލް މައިނެއްވެއްޓި ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

ޗައިނާގެ ކޯލް މައިނެއްވެއްޓި ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ
ލިޔުން:
ޗައިނާގެ އުތުރުގެ އިނަ މޮންގޯލިއާ ސަރަޙައްދުގައި ބުދަ ދުވަހު ކޯލް މައިނެއް ވެއްޓި ހަތަރު މީހަކު މަރުވެ، އިތުރު 49 މީހަކު ގެއްލިއްޖެއެވެ.
އަލްކްސާ ލީގުގެ އޯޕަން ޕިޓް މައިންގެ ތެރެއިން މިހާތަނަށް ހަ މީހަކު ވަނީ ސަލާމްކޮށްފައެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މީހުން ހޯދުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް 900 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
ރެސްކިއު މިޝަންގެ ލީޑަރު ވެއި ޒިގުއޯ ވިދާޅުވީ ބުދަ ދުވަހުގެ ރޭ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަނަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި މީހުން ހޯދުމުގެ މަސައްކަތް ހުއްޓިފައިވާއިރު، އޭގެ ފަހުން ދެވަނަ ފަހަރަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ.
ފުލުހުން "ސީސީޓީވީ" އަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ކަމާ ގުޅުން ހުރި ފަރާތްތައް "ކޮންޓްރޯލް" ކޮށްފައިވާ ކަމަށެވެ.
ޗައިނާގެ އިނަ މޮންގޯލިއާ ސަރަޙައްދުގެ މައިންތަކަކީ ޗައިނާގެ އެންމެ ގިނަ އިން ކޯލް އުފައްދާ ސަރަހައްދެވެ. ސަޕްލައި އިތުރުކޮށް އަގުތައް ހެޔޮކުރުމުގެ ގޮތުން ޗައިނާގެ މައިންތަކުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯލް މައިންއެއްގައި ކާބަން މޮނޮކްސައިޑް ލީކުވުމުގެ ސަބަބުން 23 މައިނަރުން ވަނީ މަރުވެފަ އެވެ. އަދި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝަންޑޮންގް ޕްރޮވިންސްގެ ރަނުގެ މައިނެއްގައި އެއްޗެއް ގޮވައިގެން 10 މީހުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
