މާލެ: 31°C

ޗައިނާ މީހުންނަށް ޔޫރަޕަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް އޮވެގެން

January 5, 2023
2 ފަހަރު ބަލާފައި
ޗައިނާ މީހުންނަށް ޔޫރަޕަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް އޮވެގެން
ޗައިނާ މީހުންނަށް ޔޫރަޕަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް އޮވެގެން
ޗައިނާއިން މީހުންނަށް އެތެރެވެވޭނީ ކޮވިޑް ނެގެޓިވް ޓެސްޓުގެ ނަތީއްޖާ ދެއްކުމުން ކަމަށް މަޖުބޫރު ކުރުމަށް ޔޫރަޕްގެ ގިނަ ގައުމުތަތަކުން ތާއިދުކޮށްފިއެވެ. މި ނިންމުން ނިންމާފައި 27 ގައުމެއްގެ ގައުމީ ސިއްހީ މާހިރުން ހިމެނޭ އީޔޫގެ އެޑްވައިޒަރީ ބޮޑީ ހެލްތް ސެކިއުރިޓީ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. އެ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ ގިނަ ގައުމުތަކުން ތާއީދު ކުރަނީ ޗައިނާ މީހުން ޔޫރަޕަށް ފުރުމުގެ ކުރިން ޓެސްޓު ކުރުމަށް ކަމަށެވެ. އެ ކޮމިޝަނުން އަންގާރަ ދުވަހު މަޝްވަރާތަކަށް ޑްރާފްޓް ޕްރޮޕޯސަލްއެއް އެކުލަވާލިއެވެ. އޭގެ ތެރޭގައި ޗައިނާއިން އަންނަ ފްލައިޓްތަކުގައި ދަތުރުކުރާ މީހުން މާސްކު އެޅުމާއި، ޗައިނާއިން އަންނަ މަތިންދާބޯޓުތަކަށް ވޭސްޓްވޯޓާ މޮނިޓާ ކުރުމާއި، އެއާޕޯޓްތަކުގައި ޖީނޯމިކް ސަވައިލެންސް ކުރުމާއި ޓެސްޓު ކުރުމާއި ވެކްސިން ދިނުމުގައި އީޔޫގެ ސަމާލުކަން އިތުރުކުރުން ހިމެނެއެވެ. "[އީޔޫ]ގެ މެމްބަރު ގައުމުތަކުގެ އިންޕުޓްގެ މައްޗަށް ބިނާކޮށް މިހާރު މިކަން މުރާޖައާކޮށް ބަލައިގަންނާނެ،" އެ ފިޔަވަޅުތަކާ ބެހޭ ގޮތުން އިތުރު މަޝްވަރާތައް ބުދަ ދުވަހުގެ މެންދުރު ފަހު އީޔޫގެ ހެލްތު އޮފިޝަލުންގެ އެހެން ބައްދަލުވުމެއްގައި ކުރިއަށް ދާނެ ކަމަށް ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ ޗައިނާގެ ބަދަލުވަމުންދާ ހާލަތާ މެދު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ބެއިޖިން އިން ބަލިމަޑުކަމުގެ ހަރުކަށި ސިޔާސަތުތައް އުވާލުމާ އެކު ޗައިނާއިން ޔޫރަޕަށް ދަތުރުކުރުން އިތުރުވުމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން އަރައިގަތުމަށް އީޔޫގެ ހުރިހާ ގައުމަކުން ވެސް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން މިދިޔަ ހަފުތާގައި ބުނެފައިވަނީ، ޗައިނާއިން ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމަށް ލަފާދީފައި ނުވާނެ ކަމަށެވެ. ޗައިނާގައި ފެތުރެމުންދާ ވޭރިއަންޓްތަކަކީ މިހާރުވެސް އީޔޫގައި ފެތުރެމުންދާ ވޭރިއަންޓްތަކެއް ކަމަށެވެ. އަދި ޔޫރަޕްގެ ގިނަ ރައްޔިތުންނަކީ ވެކްސިން ޖަހާފައިވާ ބަޔަކަށްވާއިރު އީޔޫގައި ދުވާލެއްގެ މައްޗަށް ފެތުރެމުންދާ އިންފެކްޝަންތަކާ އަޅާބަލާއިރު އިތުރަށް ބަލި ފެތުރިދިޔުމުގެ ފުުރުސަތު ކުޑަކަމަށް އެ އިދާރާއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ