ޗައިނާއިން "ޒީރޯ-ކޮވިޑް" ސިޔާސަތު އުވާލި ފަހުން 1.5 މިލިއަން މީހުން މަރުވި

ޗައިނާއިން "ޒީރޯ-ކޮވިޑް" ސިޔާސަތު އުވާލި ފަހުން 1.5 މިލިއަން މީހުން މަރުވި
ލިޔުން:
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި އަޅާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ޒީރޯ-ކޮވިޑް ސިޔާސަތު އުވާލި ފަހުން އެ ބަލީގައި މިލިޔަނަކަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޗައިނާގެ "ޒީރޯ ކޮވިޑް" ސިޔާސަތު ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފިޔަވަޅުތައް އުވާލުމާއެކު ކުއްލިއަކަށް ކޮވިޑް-19 ގެ ކޭސްތައް އިތުރުވިއެވެ. އެކަމަކު ޗައިނާ ސަރުކާރުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 83،150އެވެ. ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ އަދަދަކީ ބޮޑުތަކުން "އަންޑަކައުންޓެޑް" އަދަދެކެވެ. އެއީ ހޮސްޕިޓަލްތަކުގައި މަރުވާ މީހުން އެކަނި ހިމެނޭތީ އެވެ. ކޮވިޑްގެ ބަލީގައި ގޭގައި މަރުވާ މީހުން ނުހިމެނޭތީ އެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ކޮވިޑް ރާޅުގައި އެއް މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއެވެ. ނިއުޔޯކް ޓައިމްސްގެ ލަފާ ހޯއްދެވި ހުރިހާ ސައިންސްވެރިން ވިދާޅުވަނީ އިތުބާރު ހުރި މައުލޫމާތެއް ލިބިފައިނުވާިއރު އެ އަދަދަކީ ހަމައެކަނީ އަންދާޒާތަކެއް ކަމަށެވެ.
ކޮވިޑްގެ ކުރީކޮޅު ލޮކްޑައުން ކުރުމުން ކޭސްތައް އެންމެ ކުޑަ މިންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވިއެވެ. އެެެއާކު ހުޅަނގަށްވުރެ ވައިރަސް މެނޭޖްކުރުމުގައި އެ މީހުން މާ ރަނގަޅުކަން ދައްކުވައިދެވޭނެ ސަބަބެއް ޗައިނާއަށް ލިބުނެވެ. ނަމަވެސް އެ ގައުމުގައި މަރުވާ މީހުންގެ އަދަދު ގިނަވުމުން އެ ވާހަކަ ގަބޫލުކުރަން ދަތިވާ ކަމަކަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލިމަޑުކަމުގައި އާބާދީއަށް ބަލާއިރު މީހުން މަރުވާ ނިސްބަތް އެންމެ ދަށް ގައުމަކީ ޗައިނާއެވެ. ނަމަވެސް އަންދާޒާތަކުން ފެންނަނީ މުޅިން އެހެން ވާހަކައެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
