މާލެ: 31°C

ޗައިނާއިން ޕާކިސްތާނުގައި އަޅާ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ މަސައްކަތް ފަށައިފި

July 17, 2023
2 ފަހަރު ބަލާފައި
ޗައިނާއިން ޕާކިސްތާނުގައި އަޅާ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ މަސައްކަތް ފަށައިފި
ޗައިނާއިން ޕާކިސްތާނުގައި އަޅާ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ މަސައްކަތް ފަށައިފި
ޕާކިސްތާނުގެ އެންމެ ބޮޑު މަދަނީ ނިއުކްލިއާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޗައިނާއިން ހަދަމުން އަންނަ މި އިންޖީނުގޭގެ ސަބަބުން ދުވާލެއްގެ މައްޗަށް 1،200 މެގަވޮޓްގެ ކަރަންޓު ނޭޝަނަލް ގްރިޑަށް ފޯރުކޮށްދޭނެ ކަމަށް ބެލެވެއެވެ. އެ މަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރެވެ. ޗަޝްމާ ސިޓީގައި ބޭއްވި މި ހަރަކާތުގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ޗައިނާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. ޗަޝްމާ އަކީ ޗައިނާ-ޕާކިސްތާން ނިއުކްލިއާ ހަކަތައިގެ އެއްބާރުލުން އުފެދުނު ތަނެކެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ ޗަޝްމާގައި ނިއުކްލިއާ ހަކަތަ އުފައްދާ ހަތަރު ޔުނިޓް ބަހައްޓާފައެވެ. އެ ތަނުން ޖުމްލަކޮށް ގާތްގަނޑަކަށް 1،300 މެގަވޮޓްގެ ކަރަންޓު އުފައްދާފައެވެ. ޗައިނާއިން ދަނީ ތެލަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމް ވެސް ފޯރުކޮށްދެމުންނެވެ. ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮންނަ މި އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، ޕާކިސްތާނަކީ ސާފު، ހަރުދަނާ އަދި އަގުހެޔޮ ހަކަތަ އަށް މަގުފަހިކޮށްދޭ ގައުމެއް ކަމަށެވެ. އަދި އެއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ހަދިޔާއެއްގެ ގޮތުގައި ސިފަކޮށް، އެހެން ގައުމުތަކުން ދަސްކުރެވޭނެ ނަމޫނާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޕާކިސްތާނުގައި ކުރިއަށް އޮތް ޗަޝްމާ-5 (ސީ-5) ނިއުކްލިއާ އިންޖީނުގޭގައި ބޭނުންކުރާނީ ޗައިނާގެ އެތެރޭގެ ގޮތުން އުފެއްދި ތިން ވަނަ ޖީލުގެ ޕްރެޝަރައިޒްޑް ވޯޓާ ނިއުކްލިއާ ޓެކްނޮލޮޖީ ކަމަށްވާ ހުއާލޯންގް ވަން ނުވަތަ އެޗްޕީއާރު1000 އެވެ. ޗައިނާއިން ބުނާ ގޮތުގައި މި ޓެކްނޮލޮޖީގައި އެޑްވާންސް ސޭފްޓީ އެންޑް ސެކިއުރިޓީ ފީޗާތައް ހިމެނެ އެވެ. ޕާކިސްތާން އެޓޮމިކް އެނާޖީ ކޮމިޝަންގެ ވެރިޔާ ރާޖާ އަލީ ރަޒާ ވިދާޅުވީ މި މަސައްކަތް 2030 ވަނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސީ-5 އޮޕަރޭޝަނަށް އައުމުން ވެގެންދާނީ ޕާކިސްތާނުގެ އެންމެ ބޮޑު ޖެނެރޭޝަން-3 ޕްލަސް ނިއުކްލިއާ ޕަވާ ޕްރޮޖެކްޓަށެވެ. ރަޒާ ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޕާކިސްތާން އެޓޮމިކް އެނާޖީ ކޮމިޝަނުން 8،800 މެގަވޮޓްގެ އަގުހެޔޮ އަދި ސާފު ހަކަތަ އުފެއްދުމުގެ އަމާޒަށް އެއް ފިޔަވަޅެއް ގާތްވެގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ