މާލެ: 31°C

ޗައިނާއިން ކިއުބާގައި ޖާސޫސީ މަރުކަޒުތައް ހިންގާކަމަށް އެމެރިކާއިން ތުހުމަތުކޮށްފި

June 12, 2023
2 ފަހަރު ބަލާފައި
ޗައިނާއިން ކިއުބާގައި ޖާސޫސީ މަރުކަޒުތައް ހިންގާކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
ޗައިނާއިން ކިއުބާގައި ޖާސޫސީ މަރުކަޒުތައް ހިންގާކަމަށް އެމެރިކާއިން ތުހުމަތުކޮށްފި
ޗައިނާއިން ކިއުބާގައި ޖާސޫސް މަރުކަޒުތަކެއް ހިންގަމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ތުހުމަތުކޮށްފިއެވެ. 2019 ވަނަ އަހަރު ކިއުބާގެ އިންޓެލިޖެންސް ކަލެކްޝަން ފެސިލިޓީތައް އަޕްގްރޭޑް ކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ފްލޮރިޑާއާ ގާތްގަނޑަކަށް 100 މޭލު (160 ކިލޯމީޓަރު) ދުރުގައި އޮންނަ އެ ރަށުގައި އިލެކްޓްރޯނިކް އީވްސްޑްރޮޕިން ފެސިލިޓީއެއް ގާއިމުކުރުމަށް ޗައިނާއިން ކިއުބާއާ އެކު ސިއްރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުރާސްފަތި ދުވަހު ރިޕޯޓުކުރި ނަމަވެސް އެމެރިކާ އާއި ކިއުބާގެ ސަރުކާރުން ވަނީ އެ ރިޕޯޓާ މެދު ޝައްކު އުފައްދައިފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ބައިޑަން ސަރުކާރުގެ އޮފިޝަލް ވިދާޅުވީ މީޑިއާ އަށް ތިލަވި މައުލޫމާތުތަކަކީ "އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތް ކަމެއް ނޫން" ކަމަށެވެ. ނަމަވެސް އެ ރިޕޯޓަކީ ހަގީގަތާ ހިލާފު ރިޕޯޓެއް ކަން ނުވަތަ ޗައިނާއިން ހަގީގަތުގައި ވެސް ކިއުބާގައި އާ އީވްސްޑްރޮޕިން ފެސިލިޓީއެއް ގާއިމުކުރަން މަސައްކަތް ކުރާތޯ ނުވަތަ ނޫންކަމާ ގުޅޭ ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި ކިއުބާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓެލިޖެންސް އެއްކުރުމުގެ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ޗައިނާއިން ކުރި މަސައްކަތަކީ ރައީސް ޖޯ ބައިޑަންގެ ދައުރުގެ ކުރިން ކުރި މަސައްކަތެކެވެ. އޮފިޝަލް ވިދާޅުވީ ކިއުބާގައި ޗައިނާގެ އިންޓެލިޖެންސް ކަލެކްޝަން ފެސިލިޓީތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިނގާފައިވަނީ 2019 ވަނަ އަހަރު ކަމަށާއި އިންޓެލިޖެންސް ރެކޯޑްތަކުގައި އެކަން ވަރަށް ރަނގަޅަށް ލިޔެވިފައިވާ ކަމަށެވެ. އެ ވާޙަކަތަކާއި ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީް ނެރުނު ބަޔާނުގައި ވަނީ އެމެރިކާއިން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ "ހެކަރު އެމްޕަޔަރު" ގެ ގޮތުގައި ޗައިނާއިން ވަނީ ސިފަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ކިއުބާ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ކިއުބާގެ  ހާރިޖީ ވަޒީރުގެ ނައިބު ކާލޯސް ފެނާންޑޭޒް ޑި ކޮސިއޯ ވިދާޅުވީ އެއީ މުޅިން ދޮގު ހަބަރުތަކެއް ކަމަށެވެ. އެއީ ކިއުބާއާ ދެކޮޅަށް ޒަމާނުއްސުރެ އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ޖަސްޓިފައި ކުރުމަށް އެމެރިކާއިން ހަދާފައިވާ ދޮގެއް ކަމަށް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ