މާލެ: 31°C

ޗައިނައިން ކޮވިޑް އުފެދުނު ގޮތުގެ މައުލޫމާތު ހިފަހައްޓަފައިވާ ކަމަށް ތުހުމަތުކޮށްފި

March 18, 2023
2 ފަހަރު ބަލާފައި
ޗައިނައިން ކޮވިޑް އުފެދުނު ގޮތުގެ މައުލޫމާތު ހިފަހައްޓަފައިވާ ކަމަށް ތުހުމަތުކޮށްފި
ޗައިނައިން ކޮވިޑް އުފެދުނު ގޮތުގެ މައުލޫމާތު ހިފަހައްޓަފައިވާ ކަމަށް ތުހުމަތުކޮށްފި
ޗައިނާއިން ކޮވިޑް އުފެދުނު ގޮތުގެ މައުލޫމާތު ހިފަހައްޓާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ތުހުމަތުކޮށްފިއެވެ. 2020 ވަނަ އަހަރު ވޫހާންގެ މާކެޓަކުން ނެގި ސައިންޓިފިކް ޑޭޓާ ސާމްޕަލްތައް ހިއްސާ ކޮށްފައި ނުވާތީ ޑަބްލިއުއެޗްއޯ އިން ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު މަރުވި މި ބަލިމަޑުކަމުން އަރައިގަތުމަށް އެކަމުގެ ސަބަބުން މުހިންމު މައުލޫމާތެއް ލިބިގެންދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. ބެލެވޭ ގޮތުގައި ކޮވިޑްގެ ވައިރަސް އުފެދުނީ ޗައިނާގެ މެދުތެރޭގެ ވޫހާން ސިޓީގެ ހުއާނާންގައި ހުންނަ ޖަނަވާރުގެ ބާވަތްތައް ވިއްކާ މާރުކޭޓަކުންނެވެ. އަދި އެއަށްފަހު ދުނިޔޭގެ އެހެން ހިސާބުތަކަށް ހަލުވިކަމާއެކު ވައިރަސް ފެތުރިގެން ދިޔަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިދިޔަ ހުކުރު ދުވަހު ޑަބްލިއުއެޗްއޯއިން ވަނީ މީގެ ތިން އަހަރު ކުރިން ނަގާފައިވާ ޑޭޓާ ހިއްސާ ނުކުރަނީ ކީއްވެތޯ އާއި ޖެނުއަރީ މަހު، އޮންލައިންކޮށް ޝާއިއު ކުރުމަށް ފަހު މިހާރު އެ ޑޭޓާ ނުފެނުނީ ކީއްވެތޯ ޗައިނާއާ ސުވާލުކޮށްފައެވެ. "ކޮވިޑް-19 ގެ އަސްލު ދިރާސާކުރުމާ ގުޅޭ ކޮންމެ ޑޭޓާއެއް މިހާރުން މިހާރަށް ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާ ކުރަން ޖެހޭ" ޑަބްލިއުއެޗްއޯއިން ބުންޏެވެ. "މި ޑޭޓާތައް މީގެ ތިން އަހަރު ކުރިން ހިއްސާ ކުރެވިދާނެ- އަދި ކުރަންވީ ވެސް،" ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި އެވެ. އަދި ޗައިނާއިން ޑޭޓާ ހިއްސާކުރުމުގައި ދެފުށް ފެންނަ ގޮތަށް އަމަލުކުރުމަށާއި އެކަމަށް ބޭނުންވާ ތަހުގީގުތައް ހިންގައި ނަތީޖާ ހިއްސާކުރަން ޑަބްލިއުއެޗްއޯއިން އަންނަނީ ގޮވާލަމުންނެވެ. ބަލިމަޑުކަން ފެށުނު ގޮތް ދެނެގަތުމަކީ އަހްލާގީ ގޮތުންނާއި ސައިންޓިފިކް ގޮތުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުުންޏެވެ. ޑަބްލިއުއެޗްއޯގެ ޗީފް ވިދާޅުވީ އެ ޑޭޓާތައް އޮންލައިންކޮށް ހުރި އިރު، ގިނަ ގައުމުތަކުގެ ސައިންސްވެރިން އެ ޑޭޓާ ޑައުންލޯޑްކޮށް އެނަލައިޒް ކޮށްފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް މި ޑޭޓާ ތައް އެނގުމާއެކު ޗައިނާގެ ސީޑީސީއަށް ގުޅައި، ޑަބްލިއުއެޗްއޯ އާއި ބައިނަލްއަގުވާމީ ސައިންޓިފިކް ކޮމިއުނިޓީއާ ހިއްސާ ކުރުމަށް އިލްތިމާސްކުރީ، އެކަން އެނަލައިޒް ކުރެވޭނެ ގޮތަށް،" ޓެޑްރޯސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ