ޗައިނާއިން އެއްލައްކަ އަށް ވުރެ ގިނަ "ފޭކް" ނިއުސް އެކައުންޓް ޑިލީޓްކޮށްފި

ޗައިނާއިން އެއްލައްކަ އަށް ވުރެ ގިނަ "ފޭކް" ނިއުސް އެކައުންޓް ޑިލީޓްކޮށްފި
ލިޔުން:
ދޮގު ހަބަރުފަތުރަމުން ދިޔަ އެއް ލައްކައަށް ވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓްތައް ޗައިނާ ސަރުކާރުން ބަންދުކޮށްފިއެވެ.
މިއީ އިންޓަނެޓުން ދޮގު ހަބަރުތައް ފެތުރުން ހުއްޓުވަން ޗައިނާއިން ކުރާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއޭސީ) އިން ވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދޮގު ހަބަރު ފަތުރަމުންދާ 107،000 އެކައުންޓް ޑިލީޓްކޮށްފައިވާ ކަމަށެވެ.
މިއީ އޮންލައިންކޮށް ލިބޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ސީއޭސީން ކުރިއަށް ގެންދާ ބޮޑު ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހާއްސަކޮށް ދޮގު ހަބަރުތައް ހިއްސާކޮށް، ދައުލަތުގެ ކޮންޓްރޯލް އޮންނަ މީޑިއާތަކެއް ކަމަށް ދައްކާ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ދަނީ އަމާޒު ކުރަމުންނެވެ. ސީއޭސީއިން ދަނީ އިންޓަނެޓުގައި އެއްވެސް ދޮގު ހަބަރެއް ނުވަތަ އިމްޕޯސްޓަރެއް ނަމަ އެކަން ރިޕޯޓް ކުރުމަށް ބާރުއަޅަމުންނެވެ.
ސީއޭސީގެ ތަހުގީގަށް އެނގުނު ގޮތުން ބައެއް އެކައުންޓުތަކުން ދަނީ ސައްހަ ހަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ. ފޭކް ނިއުސް ސްޓޫޑިއޯގެ މަންޒަރުތައް ހަދައި ޕްރޮފެޝަނަލް ނިއުސް ޕްރެޒެންޓަރުން ބޭނުންކުރާ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
