މާލެ: 31°C

ޗައިނާގެ ސްކޫލެއްގައި ދިން ވަޅީގެ ހަމަލާއެއްގައި ތިން ދަރިވަރަކު މަރާލައިފި

July 10, 2023
2 ފަހަރު ބަލާފައި
ޗައިނާގެ ސްކޫލެއްގައި ދިން ވަޅީގެ ހަމަލާއެއްގައި ތިން ދަރިވަރަކު މަރާލައިފި
ޗައިނާގެ ސްކޫލެއްގައި ދިން ވަޅީގެ ހަމަލާއެއްގައި ތިން ދަރިވަރަކު މަރާލައިފި
ޗައިނާގެ ދެކުނުގެ ކިންޑަގާޓަންއަކަށް ވަޅިން ދިން ހަމަލާއެއް ގައި ހަ މީހަކު މަރާލައިފިއެވެ. އޮފިޝަލުން ބުނީ ހަމަލާގައި އެކަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށެވެ. ސިޓީ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މި ހަމަލާ ދީފައިވަނީ ގުއާންޑޮންގް ޕްރޮވިންސްގެ ލިއަންޖިއާންގްގައި ކަމަށެވެ. "މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޓީޗަރަކާއި ދެ ބެލެނިވެރިންގެ އިތުރުން ތިން ކުދިން... އަދި ތުހުމަތު ކުރެވޭ އެކަކު ވަނީ ހައްޔަރުކޮށްފައި،" އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ތަރުޖަމާނު ވިދާޅުވި އެވެ. ބީބީސީން ވެސް އެ ހާދިސާ ޗައިނާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ހާދިސާ ހިނގިތާ 20 މިނިޓް ފަހުން ވަޅިން ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވޭ މީހާ ވޫ ނަމަކަށް ކިޔާ 25 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ. އަދި އެ މައްސަލަ ފުލުހުން ވަނީ ގަސްދުގައި މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ގޮތުގައި ގިންތިކޮށްފައި ކަމަށް ވެސް ބީބީސީން ރިޕޯޓްކޮށްފައިވެއެވެ. މިފަހަކަށް އައިސް ޗައިނާގެ ސްކޫލްތަކުގައި ވަޅިން ދޭ ގިނަ ހަމަލާތަކެއް ދީފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު ގައި ދެކުނުގެ ޖިއަންގްޒީ ޕްރޮވިންސްގައި ނާސަރީ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ތިން މީހަކު ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ