ޗައިނާގެ ރެސްޓޯރެންޓެއް ގޮވައި 31 މަރު، ނުވަ މީހަކު ހައްޔަރަށް

ޗައިނާގެ ރެސްޓޯރެންޓެއް ގޮވައި 31 މަރު، ނުވަ މީހަކު ހައްޔަރަށް
ލިޔުން:
ޗައިނާގެ ހުޅަނގު އުތުރުގެ ސިޓީއެއްގެ ބާބަކިއު ރެސްޓޯރެންޓެއްގައި އެއްޗެއް ގޮވައި 31 މީހުން މަރުވެއްޖެއެވެ.
އެ މައްސަލާގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ބުދަ ދުވަހުގެ ރޭ، އެ ހާދިސާ ހިނގާއިވަނީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބޮން ގޮއްވާލި ހާދިސާ ހިނގި ގޮތް ބެލުމަށާއި މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި އެ ރެސްޓޯރެންޓްގެ ވެރިޔާ ވެސް ހިމެނޭ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.
އެ ގޮވުމެއް ގޮވާފައި މި ވަނީ ޗައިނާގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑްރެގަން ބޯޓް ފެސްޓިވަލް ޗުއްޓީއާ ދިމާކޮށެވެ.
މަރުވި މީހުންގެ ތެރޭގައި ހައި ސްކޫލްގެ ގިނަ ދަރިވަރުންނާއި ގިނަ އަދަދެއްގެ މީހުން ވެސް ހިމެނޭ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް އެވެ.
ރައީސް ޝީ ޖިންޕިން ވަނީ ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ.
އެ ރެސްޓޯރެންޓަކީ ނިންގްޝިއާ އޮޓޮނޮމަސް ރީޖަންގެ ވެރިރަށް ޔިންޗުއާންގެ ޑައުންޓައުންގައި ކާބޯތަކެތީގެ ބާވަތްތަކާއި މުނިފޫހިފިލުވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރެސްޓޯރެންޓެކެވެ.
ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ވަނީ އެ ރެސްޓޯރެންޓުގެ ދުން އަރަމުން ދަނިކޮށް އަލިފާން ނިއްވާ މީހުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް އާއްމުކޮށްފައެވެ.
ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން 100 އަށްވުރެ ގިނަ ސިފައިންނާއި 20 ވެހިކަލް އެސަރަހައްދަށް ފޮނުވާފައިވާކަމަށް އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުނެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޗައިނާ ގަޑިން 04:00 އާ ހަމައަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ.
ފަޔާ ޑިޕާޓްމަންޓުން ކުރި ތަހުގީގަށް އެނގިފައިވާ ގޮތުގައި ގޮވުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން ރެސްޓޯރެންޓެއްގެ މުވައްޒަފަކަށް ގޭސް ލީކުވުމުގެ ވަސް ދުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
