މާލެ: 31°C

ޗައިނާގެ ރަން މައިނެއްގައި ތާށިވި 18 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި

December 26, 2022
2 ފަހަރު ބަލާފައި
ޗައިނާގެ ރަން މައިނެއްގައި ތާށިވި 18 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި
ޗައިނާގެ ރަން މައިނެއްގައި ތާށިވި 18 މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި
ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖިއާން ސަރަހައްދުގައި ހުރި ރަނުގެ މައިނެއް ވެއްޓި އަޑީގައި ތާށިވެފައި ތިބި 18 މީހުންނާ ހަމައަށް ވާސިލުވުމަށް ސަލާމަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ކަޒަކިސްތާނުގެ ބޯޑަރާ ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައި އޮންނަ ޔިނިންގް ކައުންޓީގެ މައިން ވެއްޓުނު އިރު، އެ މައިންގައި 40 މީހުން މަސައްކަތް ކުރަމުން ދިޔައެވެ. ތާށިވި މީހުންގެ ތެރެއިން 22 މީހަކު ސަލާމަތްކޮށްފައިވާއިރު 18 މީހަކު ތާށިވެފައި އެބަތިބިއެވެ. މިފަހަކަށް އައިސް ޗައިނާގައި މައިން ސޭފްޓީ ރަނގަޅުވި ނަމަވެސް، ތަންތަނުގައި އެކްސިޑެންޓްތައް އަދިވެސް ވަރަށް ގިނައިން ހިނގައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅަނގު އުތުރުޕްރޮވިންސް ކަމަށްވާ ކިންގްހައިގައި ކޯލް މައިންއެއް ވެއްޓުމާ ގުޅިގެން އަޑީގައި ތާށިވެފައި ތިބި 19 މައިނަރުން މަރުވިއެވެ. އެ މީހުން މަރުވެފައޮ ތިއްބާ ގިނަ ދުވަސްތަކެއް ފަހުންނެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުތުރުޝަންޝީ ޕްރޮވިންސްގައި ފެންބޮޑުވި ކޯލް މައިންއަކުން 20 މައިނަރުން ސަލާމަތްކޮށްފައިވާއިރު، އިތުރު ދެ މީހަކު ވަނީ މަރުވެފައެވެ. ޗައިނާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ރަން އުފައްދާ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 370 މެޓްރިކް ޓަނުގެ ރަން އުފެއްދިއެވެ. 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެންމެ ގިނަ ރަން އުފައްދާ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އޮތީ ޗައިނާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ