މާލެ: 31°C

ޗައިނާގެ ފޮރިން މިނިސްޓަރު މަގާމުން ދުރުކޮށްފި

July 26, 2023
2 ފަހަރު ބަލާފައި
ޗައިނާގެ ފޮރިން މިނިސްޓަރު މަގާމުން ދުރުކޮށްފި
ޗައިނާގެ ފޮރިން މިނިސްޓަރު މަގާމުން ދުރުކޮށްފި
ޗައިނާގެ ހާރިޖީ ވަޒީރު ކިން ގޭންގް އިއްޔެ މަގާމުން ދުރުކޮށްފިއެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހުންނެވި ވަންގް ޔީއެވެ. ކުއްލިއަކަށް މި ފަދަ ބަދަލެއް ގެނެސްފައި މިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންގެ މެދުގައި އަމިއްލަ ދިރިއުޅުމާއި ސިޔާސީ ވާދަވެރިކަމާ ބެހޭ ގޮތުން އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން މި ބަދަލު ގެނައިކަން ހަވީރުގެ ހަބަރުގައި އިއުލާނުކުރި ނަމަވެސް ކިން މަގާމުން ދުރުކުރި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އާންމުންގެ ނަޒަރުން ކިން "ގެއްލުނީ" މިކަން އިއުލާނު ކުރުމުގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިންނެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ހާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ފޮރިން މިނިސްޓްރީން ދީފައެއް ނުވެއެވެ. އަންގާރަ ދުވަހު އެ މިނިސްޓްރީން ބޭއްވި ޕްރެސް ބްރީފިންގައި އެކަމާއި ގުޅޭ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޗައިނާއިން މިފިޔަވަޅު އަޅާފައި މިވަނީ ޗައިނާގެ ހަރުކަށި ހާރިޖީ ސިޔާސަތާ ދެކޮޅަށް ބޭރުގެ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަންގް މީގެ ކުރިން ހުންނެވީ ކޮމިއުނިސްްޓް ޕާޓީގެ ފޮރިން އެފެއާޒް އޮފީހުގެ އިސްވެރިޔާގެ ހައިސިއްޔަތުން ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓެއްގެ ގޮތުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ