ޗައިނާގެ ކޮވިޑްގެ ހާލަތާ މެދު ޑަބްލިއުއެޗްއޯއިން ކަންބޮޑުވެއްޖެ

ޗައިނާގެ ކޮވިޑްގެ ހާލަތާ މެދު ޑަބްލިއުއެޗްއޯއިން ކަންބޮޑުވެއްޖެ
ލިޔުން:
ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލްކުރަން ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ހަރުކަށި "ޒީރޯ-ކޮވިޑް" ސިޔާސަތަށް ދާދި ފަހުން ދިން ލުއިތަކާ އެކު މުޅި ގައުމުގައި ޓެސްޓު ކުރުން މަދުވަމުން ދާތީ ޗައިނާގެ ރަސްމީ ތަފާސް ހިސާބުތައް އިތުބާރު ނުކުރެވޭ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ. ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޑިރެކްޓަރު މައިކް ރަޔަން ބުދަ ދުވަހު ވިދާޅުވީ، ޗައިނާއިން ރިޕޯޓްކޮށްފައިވާ ގޮތުން އައިސީޔޫތަކުގައި ކޮވިޑްގެ ކޭސްތައް މަދު ކަމަށެވެ. ނަމަވެސް އައިސީޔޫތައް ފުރެމުން އަންނަ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާކަށް ބޭނުމެއް ނޫން، ޗައިނާއިން އަމަލީ ގޮތުން އަޅުގަނޑުމެންނަށް މިކަން ހިނގަމުންދާ ގޮތް ކިޔައިނުދޭ ވާހަކަ" ރަޔަން ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވެސް ވަނީ ޗައިނާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ. "ޑަބްލިއުއެޗްއޯ އިން ޗައިނާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވޭ،" ބަލިތަކުގެ ސީރިއަސްކަމާއި ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ގޮތުގެ ތަފްސީލީ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރައްވާ ޓެޑްރޯސް ނިއުސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި މަރުވުން ފަދަ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު އެއްކުރާ ގޮތް ރަނގަޅު ކުރުމަށް ޗައިނާއާ އެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ. ޗައިނާއިން ބުނާ ގޮތުން ބަލިމަޑުކަން ފެށުނީއްސުރެ އެ ގައުމުން މަރުވި 5،241 މީހުންނެވެ. އެކަމަކު މި އަދަދުތަކާ މެދު އެކި ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ ކޮވިޑް މަރުތަކުގެ ގޮތުގައި ގިންތިކުރެވިފައި ވަނީ ނިއުމޯނިއާ އާއި ނޭވާލާ ނިޒާމު ފެއިލްވުމުގެ ސަބަބުން މަރުވާ މީހުން އެކަނި ކަމަށެވެ. މައިކް ވިދާޅުވީ ފާއިތުވި ހަފުތާތަކުގައި އެގައުމުގައި ވެކްސިން ޖެހުމުގެ ރޭޓް އިތުރުވެފައިވާ ކަމަށެވެ. އޮމިކްރޯން ރާޅެއްގެ އަސަރު ހުއްޓުވުމަށް ކުރިއަށް އޮތް ހަފުތާތަކުގައި އެކަށީގެންވާ މިންވަރަށް ވެކްސިން ދެވިދާނެތޯ ބަލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވެކްސިން އެތެރެކުރުމުގެ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނަ ތަންތަނުގައި ވެކްސިން އުފެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޗައިނާއަށް ބާރު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާގައި އުފެއްދި ކޮވިޑްގެ ނުވަ ވެކްސިނެއް އެހެން އެއްވެސް ގައުމަކަށް ވުރެ ގިނައިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
