މާލެ: 31°C

ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު ޕޫޓިން އަށް ދެއްވައިފި

March 21, 2023
2 ފަހަރު ބަލާފައި
ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު ޕޫޓިން އަށް ދެއްވައިފި
ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު ޕޫޓިން އަށް ދެއްވައިފި
މިއަހަރު ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު، ޗައިނާގެ ރައީސް ޝީ ޖިންޕިން ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް ދެއްވައިފިއެވެ. ރަޝިޔާގެ ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދައުވަތު ދީފައިވަނީ މޮސްކޯގައި ދެ ލީޑަރުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިންނެވެ. "އިއްޔެ އަޅުގަނޑު ރައީސް ޕޫޓިން އަށް ދައުވަތު ދެއްވިން މި އަހަރު ފަސޭހަ ދަނޑިވަޅެއްގައި ޗައިނާ އަށް ޒިޔާރަތް ކުރެއްވުމަށް" ރަޝިޔާގެ ބޮޑުވަޒީރު މިހައިލް މިޝުސްޓިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝީ ވިދާޅުވިއެވެ. އެ ބައްދަލުކުރެއްވުމުގައި ޝީ ވަނީ ޗައިނާ އާއި ރަޝިޔާ އަކީ އަވަށްޓެރި ބޮޑެތި ބާރުތަކާއި ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ޗައިނާއިން ރަޝިޔާއާ އެކު އޮންނަ ގުޅުމަށް އިސްކަން ދެއްވާނެ ކަމަށެވެ. "އަޅުގަނޑުމެންނަކީ އަވަށްޓެރި ބޮޑެތި ބާރުތަކާއި ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ޕާޓްނަރުން." ޗައިނާ ރައީސް ވިދާޅުވިއެވެ. ޕޫޓިން ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޗައިނާއިން ހުށަހަޅާ ހުށަހެޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން ހޯމަ ދުވަހު ޝީ އާއި ޕޫޓިން ވަނީ ހަތަރު ގަޑިއިރުގެ މަޝްވަރާތަކެއް ބާއްވައި އެކަކު އަނެކަކީ ރަހުމަތްތެރިންގެ ގޮތުގައި ސިފަކުރައްވާފައެވެ. ޕުޓިން ވަނީ ޔޫކްރެއިންއާ ބެހޭ ގޮތުން މަޝްވަރާކުރަން ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ގައުމެއްގެ ސަރަހައްދީ ސިޔާދަތަށް މަޝްވަރާކޮށް އިހުތިރާމް ކުރުމަށް ގޮވާލާ ބެއިޖިންގެ 12 ނުކުތާގެ ޕޮޒިޝަން ކަރުދާހަށް ވެސް ތައުރީފު ކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ