ކާރު އެކްސިޑެންޓެއްގައި ފަލަސްތީނުގެ ވަޒީރަކު ނިޔާވެއްޖެ

ކާރު އެކްސިޑެންޓެއްގައި ފަލަސްތީނުގެ ވަޒީރަކު ނިޔާވެއްޖެ
ލިޔުން:
ހުޅަނގު އައްސޭރީގައި ހިނގި ކާރު އެކްސިޑެންޓެއްގައި ފަލަސްތީނު ވަޒީރަކު ނިޔާވެއްޖެއެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓާ އޮފް ޑިޓެއިނިންސް އެންޑް އެކްސް-ޑިޓެއިނިންސް އެފެއާޒް ގަދްރީ އަބޫ ބަކުރު އަވަހާރަވީ ހޮނިހިރު ދުވަހު ހުޅަނގު އައްސޭރީގެ ނަބްލުސްގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ.
ފަލަސްތީނު ރައީސް މަހްމޫދު އައްބާސް ނެރުއްވި ބަޔާނެއްގައި ވަނީ ގްދްރީ އަބޫ ބަކަރު އަވަހާރަވުމާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަބޫބަކުރަކީ ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި މުޅި އުމުރު ހޭދަކުރެއްވި ހަރުދަނާ އަދި މިނިވަންކަން ހޯދުމަށް ހަނގުރާމަވެރިއެއްގެ ގޮތުގައި އައްބާސް ވަނީ ސިފަކުރައްވާފައެވެ.
އައްބާސް ވިދާޅުވީ އަބޫ ބަކަރަކީ ފަލަސްތީނުގެ ގައުމީ ހަރަކާތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ ވަޑައިގެން ގައުމާއި ގައުމުގެ ތެރެއިންނާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް އޭނާގެ ގައުމާއި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތައް ކެނޑިނޭޅި ދިފާއު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
ހެލްތު މިނިސްޓަރު މައި އަލް ކައިލާ ވެސް ވަނީ އަބޫބަކަރަކީ މިނިވަންކަމުގެ ހިތްވަރުގަދަ ހަނގުރާމަވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ އަށް ތައުރީފު ކުރައްވައިފައެވެ.
ހެލްތް މިނިސްޓަރު މައި އަލް ކައިލާ ވަނީ އަބޫބަކުރަކީ ހިތްވަރުގަދަ މިނިވަންކަމުގެ ހަނގުރާމަވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމަނާ ވަނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ސިޔާސީ ގައިދީންގެ މައްސަލައަށް އަބޫބަކުރު ކެނޑިނޭޅި ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
