ކޭމްޕުގައި އަލިފާން ރޯވެ އެތައްހާސް ރޮހިންގާ މީހުންނެއް ހާލުގައި ޖެހިއްޖެ

ކޭމްޕުގައި އަލިފާން ރޯވެ އެތައްހާސް ރޮހިންގާ މީހުންނެއް ހާލުގައި ޖެހިއްޖެ
ލިޔުން:
ބަންގްލަދޭޝްގެ ދެކުނުއިރުމަތީގައި މިޔަންމާގެ ރޮހިންގާ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ގެއްލިއްޖެއެވެ.
އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ކޮކްސް ބާޒާރުގެ ނަމުގައި ހިންގާ ކޭމްޕްގެ 2،000 އެއްހާ ހިޔާ ވަނީ އަނދާފައެވެ.
އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ އެ ސަރަހައްދަށް އެނބުރި ގޮސް ހަލާކުވެފައިވާ ތަންތަނުން ސަލާމަތް ކުރެވޭނީ ކޮން އެއްޗެއްތޯ ބަލަމުންނެވެ. އެތަނުގައި ދިރިއުޅެމުންދިޔަ 12،000 ހާހެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބެލެވެއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައިނުޥާއިރު އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނަރު މިޖާނޫރު ރަހްމާން އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ 2،000 އެއްހާ ހިޔާ އަނދާފައިވާ ކަމަށާއި، އޭގެ ސަބަބުން 12،000 އެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
ތިން ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް 35 މިސްކިތަކާއި ރެފިއުޖީންނަށް ކިޔަވައިދޭ 21 މަރުކަޒެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަހްމާން ވިދާޅުވީ އަސާސީ ހިދުމަތްތަކަށްވެސް ބުރޫ އަރާފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ ދިފާއީ ވުޒާރާއިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރޮހިންޖާ ކޭމްޕްތަކުގައި އަލިފާނުގެ 222 ހާދިސާއެއް ހިނގާފައިވާ ކަމަށާއި އޭގެ ތެރޭގައި ރޯކޮށްލުމުގެ 60 މައްސަލަ ހިމެނޭ ކަމަށެވެ.
2021 ވަނަ އަހަރުގެ މާޗް މަހު އެ ކޭމްޕެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 15 މީހުން މަރުވެ، 50،000 އެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ..
ރޮހިންޔާ ދަރިކޮޅުގެ މީހުން ފިލައިގެން ބަންގްލަދޭޝްއަށް ހިޖުރަކުރަން ފެށީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ރޮހިންޔާ ހަނގުރާމަވެރި ޖަމާއަތަކުން ފުލުހުންގެ ބައެއް ޕޯސްޓުތަކަށް ހަމަލާދޭން ފެށުމުން އަސްކަރިއްޔާއިން އަނިޔާވެރި ގޮތަކަށް ރައްދު ދޭން ފެށުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
