މާލެ: 31°C

ކެލިިފޯނިއާގައި ކުއްލި ނުރައްކާ ހާލަތު އިއުލާންކޮށްފި

January 6, 2023
2 ފަހަރު ބަލާފައި
ކެލިިފޯނިއާގައި ކުއްލި ނުރައްކާ ހާލަތު އިއުލާންކޮށްފި
ކެލިިފޯނިއާގައި ކުއްލި ނުރައްކާ ހާލަތު އިއުލާންކޮށްފި
އެމެރިކާގެ ކެލިފޯނިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޯމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިން އެ ސްޓޭޓަށް އައި ބާރުގަދަ ތޫފާނަކާ ގުޅިގެން އަވަސް އިޖާބަ ދިނުމަށާއި ސާފުކުރުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. ސެން ފްރެންސިސްކޯ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، ސައުތު ސެން ފްރެންސިސްކޯ ސްކޫލުތަކުން ބުރާސްފަތި ދުވަހު ވަނީ އެ ސްކޫލުގެ 8،000 ދަރިވަރުންގެ ކިޔެވުންވެސް ކެންސަލްކޮށްފައެވެ. ތޫފާނުގެ ބާރު ގަދަވުމާ ގުޅިގެން ދައުލަތުގެ އޮފިޝަލުން ވަނީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އުޅަނދުތައް ނުދުއްވުމަށާއި މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. ވެއްޓިފައިވާ ގަސްތަކާއި ކަރަންޓް ލައިންތަކުގެ މައުލޫމާތު ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އުތުރު ކެލިފޯނިއާގެ ހައިވޭ 101 ގެ 40 ކިލޯމީޓަރު (25 މޭލު) ގެ ސަރަހައްދެއް ޓްރިނިޑާޑާއި އޮރިކް އަވަށާ ދެމެދު ބަންދުކޮށްފައިވެއެވެ. އެ ސަރަހައްދު ބަންދުކުރީ ގިނަ ގަސްތަކެއް ވެއްޓުމުގެ ސަބަބުންނެވެ. ކެލިފޯނިއާގެ ގަވަރުނަރުގެ އޮފީސް އޮފް އިމަޖެންސީ ސާވިސަސްގެ އާ ޑިރެކްޓަރު ނޭންސީ ވޯޑް ވިދާޅުވި ގޮތުގައި މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކެލިފޯނިއާއަށް އެރި އެންމެ ގޮންޖެހުންބޮޑު އަދި އަސަރުގަދަ ތޫފާނަކަށްވުން އެކަށީގެންވާ ކަމަށެވެ.  ބުދަ ދުވަހުގެ ހަވީރުގެ ނިޔަލަށް ކެލިފޯނިއާގެ އުތުރުގައި ބާރު ގަދަވާނެ މި ތޫފާނަކީ ފާއިތުވި ހަފުތާގެ ތެރޭގައި އުފެދިފައިވާ އެޓްމޮސްފެރިކް ކޯރުގެ ތިން ތޫފާނުގެ ތެރެއިން ތޫފާނެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 96 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދެކުނު ކެލިފޯނިއާގެ ތޫފާން ރޭގަނޑު ބާރުގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ ސެންޓާ ބާބަރާ އާއި ވެންޗޫރާ ކައުންޓީތަކަށް ކަމަށް މޫސުމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ