ބުރުގާ ނާޅައި ކާރު ދުއްވުމުން އިރާނުގެ ފުލުހުން ބަޑިޖަހައިފި

ބުރުގާ ނާޅައި ކާރު ދުއްވުމުން އިރާނުގެ ފުލުހުން ބަޑިޖަހައިފި
ލިޔުން:
ބުރުގާ ނާޅައި ކާރު ދުއްވި އަންހެނެއްގެ ގަޔަށް އިރާނުގެ ފުލުހުން ބަޑިޖަހައިފިއެވެ.
އިރާނުގެ ވެރިރަށް ތެހެރާންގެ އުތުރުން ގާތްގަނޑަކަށް 121 މޭލު ބޭރުގައި އޮންނަ ނޫރު ސިޓީގައި މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ހިނގި މިހާދިސާގައި ކާރުދުއްވަން އިން 31 އަހަރުގެ އަރޭޒޫ ބަދްރީ ބުރުގާނާޅައި ކާރު ދުއްވާތަންފެނުމުން ފުލުހުންވަނީ ހިހައްޓަން މަސައްކަތްކޮށް ބަޑިޖަހައިފައެވެ.
މި ހާދިސާއާއި ގުޅޭގޮތުން ނޫރު ސިޓީގެ ޕުލުހުންގެ ޗީފް ކާނަލް އަހްމަދު އަމީނީ ބުނެފައިވަނީ މިސް ބަދްރީގެ ގަޔަށް ބަޑިޖަހާފައިވަނީ ފުލުހުންގެ އަމުރަށް ތަބާނުވުމުންކަމަށާއި، އީރާނުގެ ރަސްމީ ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ހަމަލާދިނުމަކީ އީރާނުގެ ގާނޫނުގެ ދަށުން ހުއްދަ ކަމެއް ކަމަށެވެ. އދި އިތުރަށް ބުނެފައިވަނީ ބަދްރީ ހެދުން އެޅުއްވީ ގާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމެއް އަދި ސާފުނުވާކަމަށެވެ.
އީރާނުގެ ސަރުކާރުން އިސްލާމީ ޝަރީޢަތުގެ ހަރުކަށި މާނަކުރުންތަކާއެކު، އެޤައުމުގައި ދިރިއުޅޭ އަންހެނުން ނިވާ ވާންޖެހޭ މިންގަނޑުތައް ކަނޑައަޅައި އެކަން ދަނީ ތަންފީޒުކުރަމުންނެވެ.
ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 31 އަހަރުގެ ބަދުރީގެ ކަރުންތިރި ވަނީ ވާގިނެތިފައިކަމަށާއި އޭނާއަކީ 2 ކުދިންގެ މަންމައެއްކަމަށްވެސް ބަދުރީގެ އާއިލާ އާއި ޙަވާލާދީ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
