މާލެ: 31°C

ބުރުގާ ނާޅާ އަންހެނުން ހޯދަން އީރާނުގައި ކެމެރާ ހަރުކުރަނީ

April 9, 2023
2 ފަހަރު ބަލާފައި
ބުރުގާ ނާޅާ އަންހެނުން ހޯދަން އީރާނުގައި ކެމެރާ ހަރުކުރަނީ
ބުރުގާ ނާޅާ އަންހެނުން ހޯދަން އީރާނުގައި ކެމެރާ ހަރުކުރަނީ
އީރާނުގައި އާއްމު ތަންތަނުގައި ބުރުގާ ނާޅާ އުޅޭ އަންހެނުން ދެނެގަތުމަށް ކެމެރާ ހަރުކުރުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ ހިޖާބު ނުވަތަ ބުރުގާ ނާޅާ އަންހެނަކު ފެނިއްޖެނަމަ އިންޒާރުގެ ޓެކްސްޓް މެސެޖެއް ލިބޭނެ ކަމަށެވެ. އޭގެ ސަބަބުން ހަދާފައިވާ ހިޖާބު ގާނޫނާ ދެކޮޅަށް ދެކޮޅު ހެދުން ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ގާނޫނާ އެއްގޮތަށް އަމަލު ނުކުރާ އަންހެނުން ޖޫރިމަނާ ކުރުން ނުވަތަ ހައްޔަރު ކުރާނެއެވެ. ކެމެރާ ބޭނުންކުރަން ފަށާފައި މިވަނީ ހިޖާބު އުސޫލާ ހިލާފުވެގެން ހައްޔަރުކުރި މަހްސާ އަމީނީ މަރުވުމާ ގުޅިގެން މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ހައްޔަރުކުރުމުގެ ނުރައްކާ އޮތް ނަމަވެސް، ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި ގިނަ އަދަދެއްގެ އަންހެނުން ދަނީ ބުރުގާ އަޅަން ދެކޮޅު ހަދަމުންނެވެ. މިދިޔަ ހަފުތާގައި ވެސް ހިޖާބު ނާޅާ އުޅުނު ކަމަށް ބުނެ ދެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި މުޒާހަރާކުރި އެތައް ހާސް ބަޔަކު ހައްޔަރުކޮށް، ހިޖާބުގެ ގާނޫނަށް އަމަލު ނުކުރާ ކަމަށް ބުނެ ހަތަރު މީހަކަށް ވަނީ މަރުގެ އަދަބު ދީފައެވެ. އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދާދި ފަހުން ވިދާޅުވެފައި ވަނީ ހިޖާބު އެޅުމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަނެއްކޮޅުން އީރާނުގެ ޖުޑީޝަރީ ޗީފް ޣަލަމްހުސެއިން މޮހްސެނީ-އެޖެއީ ވަނީ އަންހެނުން ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަށް އެންމެ ރަނގަޅު ގޮތަކީ ގިނަ ބަޔަކު ހައްޔަރުކޮށް ޖަލަށްލުން ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފައެވެ. ސަގާފީ މައްސަލަތައް ހައްލުކުރަން ޖެހޭނީ ސަގާފީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ހައްޔަރުކުރުމާއި ޖަލަށްލުމަކީ އެދޭ އަސަރެއް ހާސިލް ނުކޮށް ހަރަދު ބޮޑުވެދާނެ ކަމެއް ކަމަށް އޭނާ ލަފާ ދެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ