މާލެ: 31°C

ބުރެޒިލްގައި އޭޓީއާރ-72 މަރުކާގެ ފުލައިޓެއް ވެއްޓި ދަތުރުކުރި އެއްމެން މަރުވެޖެ

August 10, 2024
2 ފަހަރު ބަލާފައި
ބުރެޒިލްގައި އޭޓީއާރ-72 މަރުކާގެ ފުލައިޓެއް ވެއްޓި ދަތުރުކުރި އެއްމެން މަރުވެޖެ
ބުރެޒިލްގައި އޭޓީއާރ-72 މަރުކާގެ ފުލައިޓެއް ވެއްޓި ދަތުރުކުރި އެއްމެން މަރުވެޖެ
އިއްޔެ މެންދުރު ބުރެޒިލްގެ ކަސްކަވެލް އިން ފުރައިގެން އެގައުމުގެ ގުއަރޅޯޝް އަށް ދަތުރުކުރި އޭޓީއާރ-72 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި 61 މީހުން މަރުވެއްޖެއެވެ. ބޯޓްވެއްޓިފައިވަނީ 17000 ފޫޓް މަތިން ދަތުރުކުރަމުންދަނިކޮށް ކުއްލިއަކަށް ވަރަށް ބާރަށް ތިރިއަށް އައިސްކަމަށާއި 1 މިނެޓް ތެރޭގައި ބޯޓްވަނީ ބިމަށްވެޓިފައިކަމަށް ފުލައިޓް ރާޑާ ޑާޓަތަކުން ދައްކާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ފޯޓޯތަކުން ފެންނަ ގޮތުގައި ބޯޓް ވެއްޓުމާއެކު ބޯޓްގެ ބައިތައްވަނީ ވަރަށްބޮޑަށް ކުދިކުދިވެ އަލިފާން ރޯވެފައެވެ. ބްރިޒިލްގެ ފަޔަރ ސޭފްޓީ އާއި ޙަވާލާދީ ބުނެފައިވަނީ ބޯޓުން ދަތުރުކުރި އެއްމެންވަނީ މަރުވެފައިކަމަށާއި ހަށިގަނޑުތައް ވެރިފައިކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. ފުލައިޓް ވެއްޓުނު މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު އެ ބޯޓުގެ ވެއްޓިފައިވަނީ އެނބުރުމުން ދިމާ މަތިން ބިމަށް ދިމާ ސީދަލަށްކަހަލަ ގޮތަކަށްކަން ފާހަގަކުރެވެއެވެ. ބޯޓް ވެއްޓުނު ސަރަޙައްދުން މިހާރުވަނީ އެ ބޯޑުގެ ބްލެކް ބޮކްސް ހޯދާފައިކަމަށް ބުރެޒިލްގެ މިލިޓަރީއާއި ޙަވާލާދީ މީޑިއާތަކުންވަނީ މައުލޫމާތު ގެނެސްދީފައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ