ބްރެޒިލަށް ބޯކޮށް ވާރޭވެހި 36 މީހަކު މަރުވެއްޖެ

ބްރެޒިލަށް ބޯކޮށް ވާރޭވެހި 36 މީހަކު މަރުވެއްޖެ
ލިޔުން:
ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 36 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފެންބޮޑުވުމުގެ ސަބަބުން ބައެއް ސިޓީތަކުން އަހަރީ ކާނިވަލް ވަނީ ކެންސަލްކުރަން ޖެހިފައެވެ.
އާދީއްތަ ދުވަހު ބައެއް ސަރަހައްދުތަކަށް 600 މިލިމީޓަރު ވާރޭ ވެހުނު އިރު، މިއީ މި އަންދާޒާ ކުރި އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
"ސާޗް އެންޑް ރެސްކިއު ޓީމުތަކުން ގިނަ ތަންތަނަށް ނުދެވެނީ. މިއީ ހަލަބޮލި ހާލަތެއް،" އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ސައޯ ސެބާސްޓިއޯ އަވަށުގެ މޭޔަރު ފެލިޕޭ އޮގަސްޓޯ ވިދާޅުވިއެވެ.
ލިބުނު ގެއްލުމުގެ މިންވަރެއް އަދި ދެނެގަނެވިފައެއް ނުވާ ކަމަށާއި އަދި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އޮގަސްޓޯ އިތުރަށް ވިދާޅުވީ އެ އަވަށުން އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި ގާތްގަނޑަކަށް 50 ވަރަކަށް ގެއެއް ވެއްޓި، ފެންބޮޑުވެފައިވާކަމަށެވެ.
ސައޯ ސެބަސްޓިއޯ އަވަށުން 35 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިރުއުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ އުބަތޫބާގެ މޭޔަރު ވިދާޅުވީ ފެންބޮޑުވުމާއި ގުޅިގެން ޒުވާން އަންހެން ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އަދި އެތައް ސަތޭކަ ބަޔަކުގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.
"ހިތާމައަކީ އިތުރު އެތައް ބަޔަކު މަރުވާނެ،" ސިވިލް ޑިފެންސްގެ އޮފިޝަލަކު ނޫހެއް ކަމަށްވާ ފޮލްހާ ޑި ސައޯ ޕައުލޯ އަށް ވިދާޅުވިއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި އިތުރު 228 މީހުން ގެދޮރު ގެއްލިފައިވާއިރު، ސައޯ ޕައުލޯގެ އުތުރުގެ އައްސޭރިފަށުގެ ސަރަހައްދުތަކުން އިތުރު 338 މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ހޯމަ ދުވަހު ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
