- ގާތް މީހުން ދޫކޮށްލާފަ ގޮސްދާނެ ކަމުގެ ބިރުހީވުން
- ގުޅުންތައް ދަމަހައްޓަން އުނދަގޫ ވުން
- އޮޅުންބޮޅުންވެ، އަބަދު ތަފާތުވާ އަމިއްލަ ތަސައްވުރެއްގެންގުޅުން
- އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި ގެއްލުންދިނުން
- އިންތިހާއަށް މޫޑް ސްވިންގްވުން
- އެކަނިވެރިކަމާ، ހުސްކަން އިހުސާސްވުން
- ކުއްލި، ގަދަ ރުޅިގަނޑެއް ގެންގުޅުން
- ގޯސް ގުޅުންތަކުގައި ބައިވެރިވުން
- ނުރައްކާތެެރި ޖިންސީ ގުޅުން ހިންގުން
- އަމިއްލައަށް މަރުވާން އުޅުން
- މަސްތުވާތަކެތި ބޭނުންކުރުން
- މީގެ އިތުރުން ޑިޕްރެޝަން، އެންޒައިޓީ ފަދަ ނަފްސާނީ އެހެންބަލިތައް ދިމާވުން
ބޯޑަރލައިން ޕަރސަނެލިޓީ ޑިސްއޯޑަރ ގެ ދެތިން ވާހަކައެއް

ބޯޑަރލައިން ޕަރސަނެލިޓީ ޑިސްއޯޑަރ ގެ ދެތިން ވާހަކައެއް
ލިޔުން:
ނަފްސާނީ ބަލިތަކުގެ ތެރެއިން ބޯޑާލައިން ޕާސަނަލްޓީ ޑިސްއޯޑާ (ބީޕީޑީ) އަކީ ވެސް ގިނަަބަޔަކަަށް އޭގެ ހަގީގަތް ނޭގޭ އަދި އެބަލި ތަހައްމަލު ކުރާބަޔަކަަށް ވެސް ގިނަފަހަރު ވާނުވާ ނެގޭ ބައްޔެކެވެ.
ބައެއް ފަހަރު މާ ރުޅިގަދަ ނޫނީ މާ ކަންތައް ބޮޑު ނޫނީ މާ ޑްރާމާ ބޮޑު މީހެއްގެ ޓެގް ޖަހާލާފާ ދޫކޮށްލެވެނީ ހަގީގަތުގައި ނަފްސާނީ ބައްޔެއްގެ ސަބަބުން އެހީ ބޭނުވެފައިވާ މީހެއްކަމެއް ނޭނގެއެވެ.
މިކިޔާދެނީ، ބޯޑާލައިން ޕާސަނަލިޓީ ޑިސްއޯޑާ ހުންނަ ކަމަށް ކްލިނިކަލީ ޑައިގްނޯޒްވި ދެ ޒުވާނެއްގެ ވާހަކަ އެވެ.
އައިޝާ ޒީނާ (އަސްލު ނަމެއްނޫން)
ޒީނާ އަކީ ރާއްޖޭގެ ދެކުނުގެ ވެރިކަން ކުރާ ރަށަކަށް 90 ގެ މެދުތެރޭ އުފަންވި އަންހެންކުއްޖެކެވެ. ޒީނާ ބޮޑުވެގެން އައިއިރު ފެނުނީ ރަށްފުށުގެ އާދަކާދައެެވެ. ޒީނާ ކިޔެވީ މާލޭގައި އެކަނި އުޅެމުންނެވެ.
ޒީނާއަކީ މިހާރު ވެސް ނަރުހެކެވެ. ބީޕީޑީ ޑައިގްނޯޒްވި ގޮތް ޒީނާ ކިޔާދިނީ އޭނާ އަށް ކިޔައިދޭން އެންމެ އުނދަގޫ ވާހަކަތަކާ އެކުގައެވެ.
" އަޅުގަނޑުގެ މާ ގިނަ އެކުވެރިންނެއްް ނުތިބޭނެ، ސްކޫލް ދައުރުންސުރެ އަބަދުވެސް ރައްޓެހިންނާ މައްސަލަ ޖެހޭނެ، ދެން އެހެންވެ ވަރަށް އެކަނިވެރިކަން އިހުސާސްވާނެ، ވަރަށް ސެލްފް ކޮންފިޑެންސް ދަށްވާނެ، ނަރސިން ހެދިޔަސް އަސްލުގަ މިކަން ކުރަނީ ގަޔާވެގެނެނެއް ނޫން، އެހެން ގޮތެއް ނެތިގެން " ޒީނާ ބުންޏެވެ.
ޒީނާ އަކީ އުފާ ވެރި ވަގުތުތަކުގައި އެހާ އުފާވެރި މީހެއް ނެތްފަދަ، އަދި ވަޒީފާގައި ހީވާގިކަމާ ހަލުވި ކަމާއެކު މަަސައްކަތް ކުރާ މީހެކެެވެ. ނަމަވެސް އެއީ ބައެއް ދުވަސް ދުވަހުއެވެ. އަނެއް ބައި ދުވަސްދުވަހު އެއްވެސް މީހަކު ފެންނާކަށް ވެސް ޒީނާ ބޭނުމެއްނުވާނެއެެވެ. އަބަދު އެއްކަމެއް ކޮށްކޮށް ވަޒީފާ މަތިން ވެސް އިންތިހާއަށް ފޫހިވާނެއެވެ.
" އަޅުގަނޑު ޑިއުޓީގަ ކުރާ ކަމެއް ކުރަނީ، މީހުނަށް ހީވާނީ ވަރަށް ރަނގަޅު ނަރުހެކޭ، އެކަމަކު ބައެއް ދުވަސް ދުވަހު ބަލިމީހުން ދެކެ ވެސް ފޫހިވޭ، އެއްގޮތަކަށް ވެސް އެއްވެސް ކަމެެއް ކުރާ ހިތެެއް ނުވޭ، ދެން ރަނގަޅު ހެން ހީވާނެ ކުރަންޖެހޭ ކަމެއް ކުރަންޏާ، މީހުންނަކަށް ނޭނގޭނެ އަޅުގަނޑު ހިތުގަ ހުންނަ އެއްޗެއް، ބައެއް ފަހަރު ފާހާނާ އަށް ވަދެ ރޮން، އަނެއްބައި ފަހަރު ގެނގުޅޭ އިކުއިޕްމެންޓްސް ތަކަށް ވަރު ބޭލެނީ، " ކިޔައިދޭން އުނދަގޫ ވާހަކަތަކެއް ޒީނާ ކިޔައިދިނެވެ. ތެދެކެވެ. މީހަކު ބަލާލާފަ އޭނާ ތަހައްމަލް ކުރާ ކަމެއް ނޭނގޭނެއެވެ.
" މެރީ ކުރި ފަހުން އަބަދު ފިރިމީހާ އަށް ޝައްކުކުރެވޭ ، ތަނަކަށް ދިޔަޔަސް ސަތޭކަ ފަހަރު ގުޅަން، ދެން އަބަދު އުޅޭނީ އޭނާ ދޫކޮށްފަ ހިނގައިދާނެތީ ބިރުން ، އެކަމާ ޑިއުޓީ ގަ ވެސް ހުރެވޭ ވަރެއް ނުވާނެ، ދެން ހަމަ ވަރަށް އުނދަގޫ ވާނެ "
ޒީނާ، ބައެއް ފަހަރު ފާހާނައަށް ވަދެ ރޯން ހުންނަނީ އެކަންޏެއް ނޫނެވެ. ފާރުގަ ބޯތަޅާ އަމިއްލަ ނަފްސަށް ގެއްލުން ދެނީ ގަސްތަކު ނޫނެވެ. އޭނާގެ ޖަޒުބާތުތަކަށް އަމިއްލަ އިހްތިޔާރު ނުފޯރާތީއެވެ.
ކިތަންމެ ކުޑަ ކަމަކާ ވެސް ޒީނާ ޓްރިގާ ވެދާނެއެވެ. މިސާލަކަށް ބަލިމީހަކު ނުރުހިގެން އެއްްޗެއް ބުންޏަސް ، ނުވަތަ ބަލިމީހެއްގެ ހާލު މާ ސީރިއަސް ވިޔަސް، އަމިއްލަ ނަފްސު ކުއްވެރިކޮށް ޒީނާ އިހުސާސްތަށް ކޮންޓްރޯލުން ނެއްޓެއެވެ.
" އެއްދުވަހު އެެހެން ސިސްޓާ އަކަށް އަޑު އިވެނީ ރޮނިކޮށް، ދެން ވަރަށް ވަރުން ވާހަކަ ދައްކުވަން މަަސައްކަތް ކޮށްފަ ބުނެފި ، ސައިކެޓްރިސްޓް އަކަށް ދައްކަން ވީނުންހޭ، އަޅުގަނޑު ވަރަށް ރުޅިއައި، ބުނިން، މީ މޮޔައެއް ނޫނޭ، އޭނާ ބުނި ޒީނާ މެން ކަހަލަ ސިއްހީ ދާއިރާގަ އުޅޭ މީހުން ވެސް މެންޓަލް ހެލްތް ގަބޫލު ނުކުރަންޏާ ދެން އެެހެން މީހުން އަދި ކިހިނެއް ހޭވާނީ، ދެޓް ހިޓްމީ ... ދެން ވިސްނީ އެކަމާ، ވިސްނާ ރިސާރޗްކޮށް ބެލި އިރު ، ސިމްޕްޓަމްސް އެންމެ ވައްތަރުވީ ބޯޑާލައިނާ، އެެހެންވެ، އިންޑިއާ އަށް ގޮސް، އެކޮޅުން ނަފްސާނީ ޑޮކްޓަރަކަށް ދެއްކީ، އެހިސާބުން ޔަގީން ވީ " ޒީނާގެ ވާހަކަ އޭނާ ކިޔައިދިނެވެ.
މާ ބޮޑު ބައްޔެއް ހެން ހީނުވި ނަމަ ވެސް އަމިއްލަ ނަފްސަށް ގެންލުންދިނުމަކީ ރަތް ސިގުނަލެކެވެ. އަޅާނުލާ ދޫކޮށް ނުލެވޭވަރުގެ ކަމެކެވެ.
އުލާ (އަސްލު ނަމެއްނޫން)
އުލާ އޭނާގެ އަނދިރިފަރާތް ކިޔައިދިނީ އެހެން މީހުންނަށް އެހީއެއްކަމަށް ބަލާފައެވެ.
" މީހުނަށް އަހަރެން ފެންނަނީ އަހަރެންގެ ބައްޕަގެ ދަރިއެއްގެ ގޮތުގަ، ބައްޕަ އަކީ ޕޮލިޓީޝަނެއްވީމަ، ވަޒީފާއެއް ހޯދަން އުޅުނަސް އަބަދު ވެސް ބައްޕަގެ ނަން އަންނަ ހިސާބުން އަހަންނާ މެދު މީހުން ކަންތައް ކުރާ ގޮތް ތަފާތުވޭ، ބައެއް ފަހަރު އަހަރެންގެ އަމިއްލަ ވުޖޫދެއް ނެތީބާއޭ ހިތައް އަރާ ، އެއްވެސް ވަޒީފާ އެއްގަ މާ ގިނަދުވަހު ނޫޅެވޭނެ، އެއްވެސް ގޮތަކަށް ސްޓޭބަލް އެއް ނުވެވޭނެ ކިތަންމެ ބޭނުން ވިޔަސް.
މީހުން އަހަރެން ދެކެ ލޯބިވަނީ މަގާމާ، ގަދަރާ، ފައިސާއަށްޓަކާ ކަން އަހަންްނަށް އެނގޭ، އެހެންވެ އަހަރެން އިންތިހާ އަށް ރުޅިއާދޭ، ރުޅި އަންނަނީ އަމިއްލަ ނަފްސު ދެކެ، އެއްވެސް މީހަކު އަހަރެނެް ދެކެ ލޯބި ނުވާނެއޭ ހިތައް އަރާ،
އެންމެ ކުޑައިރުން ފެށިގެން ރުޅިގަދަ ކުއްޖެއްގެ ގޮތުގައި އާއިލާ އިން ވަނީ އަހަރެން ތައްގަޑެެއް ޖަހާފަ، ތެދެއް އަހަރެން ވަރަށް ރުޅިގަދަ، ރުޅިއައުމުން ކޮންމެ މީހަކާ ދިމާ އަށް ކޮންމެ އެއްޗެއް ވެސް ބުނެލާނެ، ފަހުން އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހޭ،
ރާއްޖޭން ބޭރުގައި އުޅުނު އިރު ރައްޓެހިންނާ އެކު "ޕާޓީ" ކުރުމުގެ އާދަ ހިފި ނަމަ ވެސް ހަގީގީ ރައްޓެހިން ނުތިބޭ، އަސްލު ބުނަންޏާ އަަހެންގެ އެކުވެރިންނަކީ ވަގުތީ އުފާތަކެއް، މަސްތުވާ ކޮންމެއެއްޗެއް ބޭނުންކުރަން ވެސް އެއިރު ފަހެއްނުޖެހޭނެ، ޖެހިދާނެ ބައްޔަކަށް ވިސްނާލުމެއް ނެތި އެންމެ ނުރައްކާތެރި ގުޅުންތައް ހިންގުމުގައި އަހަރެން ހުރީ ދެވިހިފާފަ، އެއިރު އަސްލު ނޭނގެ ސެކްސް އެޑިކްޓެއް ކަމެއް، ޗީޓް ކުރާތީ ރިލޭޝަން ޝިޕެއް ވެސް ދެމިނޯވެ ކިތަންމެ ލޯބިވާ މީހަކާ ދިމާ ވިޔަސް،
އެއިރު އެކުރި އެއް ވެސް ކަމަކުން ހިތެއް ނުފުރޭ، އެމްޕްޓީ ފީލްވާނެ، އަބަދުވެސް އެކަނި ވެރިކަން އިހުސާސްވާނެ، ހިތައް އުނދަގޫ ވާނީ ދެންހަމަ ކެތްނުވާ ވަރަށް، އެހެންވެ އެ ވޭންނަށް ކެތް ނުވެގެން، އަމިއްލަ ނަފަސަށް ގެއްލުން ދެވެނީ،
އެ ފަހަރު އަތުގެ މައިނާރާ ދިމާއިން މާފުންކޮށް ދިޔާމަ، ލޭ މަނާ ނުވެގެން އެޑްމިޓް ކުރަން ޖެހުނީ، ބީޑީޕީ އަށް ޑައިގްނޯސްވީ ވެސް އެހިސާބުން
މިހާރު މީ މުޅިން އެހެން މީހެއް އެކަމަކު، މިހާރުވެސް އަހަރެން ބަރާބަރަށް ތެރަޕީ ނަގަން، އަދި ނަފްސާނީ ބަލިތަކުގައި އެހެން މީހުނަށް އެހީތެރި ވެސް ވަން "
އުލާ އާއި ޒީނާ ފަދަ އެތަށް ޒުވާނުންނެއް ރާއްޖޭގައި ވެސް އުޅެއެވެ. އެމީހުންނަކީ، ގޯސްކަމުން އެގޮތަށް އުޅޭ ބައެއް ނޫނެވެ. އެއީ ބޯޑަރލައިން ޕާސަނަލިޓީ ޑިސްއޯޑަރ ހުންނާތީ އުޅެވޭ ގޮތެވެ.
މި ޑިސްއޯޑާ އަކީ ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންނާ މެދު ވިސްނާ ގޮތާއި އިހުސާސް ކުރެވޭ ގޮތަށް އަސަރުކޮށް، އާންމު ދިރިއުޅުމުގައި ނޯމަލްކޮށް އުޅުމަށް ދަތިވާ ނަފްސާނީ ބައްޔެކެވެ.
ބީޕީޑީ ގެ ބައެއް އަލާމާތް
އެމެރިކަން ސައިކޮލިސްޓްސް އެސޯސިއޭޝަނުން ބުނާ ގޮތުގަ، ބީޕީޑީގެ އަލާމާތް ތަކުގެ ތެރޭގައި :
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
