މާލެ: 31°C

ބޮލުން ހަންފޮޅޭ ނަމަ، ވިޓަމިން ބީ6 މުހިންމު

May 15, 2023
2 ފަހަރު ބަލާފައި
ބޮލުން ހަންފޮޅޭ ނަމަ، ވިޓަމިން ބީ6 މުހިންމު
ބޮލުން ހަންފޮޅޭ ނަމަ، ވިޓަމިން ބީ6 މުހިންމު
ބޮލުން ހަންފޮޅުމަކީ ވަރަށް އުނދަގޫވާ އަދި ލަދުގަންނަން ވެސް ޖެހޭ ކަމެކެވެ. އެތައް ކަމެއް ކޮށްގެން ވެސް ގިނަފަހަރު ހައްލު ނުވާ މައްސަލައެކެެވެ. ހަންފޮޅުމުގެ ސަބަބުތަކުގެ ތެރޭގައި ބޮލުގެ ހަންގަނޑު މާބޮޑަށް ތެޔޮވުމާއި، މާބޮޑަށް ހިކުމަކީ ވެދާނެކަމެކެވެ. އަނެއް ކަމަކީ ފަންގަލް އިންފެކްޝަނެއްގެ ސަބަބުން ބޮލުން ހަންފޮޅުމެވެ. ފަންގަލް އިންފެކްޝަނުން ދުރުވުމަށްޓަކާ ބޮލުގެ ހަންގަޑުގެ ސާފުތާހިރުކަން ވަރަށް މުހިންމެވެ. ބޮލުގެ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކާ ވިޓަމިން ބ6ީ ހިމެނޭ ކާނާ ބޭނުންކުރުމަކީ މުހިންމުކަމެއްކަމުގައި ކަމާ ބެހޭ މާހިރުން ބުނެއެވެ. ވިޓަމިން ބީ6 އަކީ އިސްތަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅައިދީ، ހަންގަނޑަށް ފަރުވާ ލިބި ދިނުމުގައި ސީބަމް ލެވެލް ދަށްވެ، ތެޔޮ ކަން ކަނޑުވާދީ ، ހަންގަނޑު ހިކުމުން ދުރކުކޮށްދޭ ވިޓަމިނެއް ކަމުގައި ބުނެއެެވެ. ވިޓަމިން ބީ6 އެކުލެވޭ، ފަސޭހައިން ލިބެން ހުންނަ ބައެއް ކާނާ ދޮންކެޔޮ: ދޮންކޭލުގައި ގިނައަދަދަކަށް ވިޓަމިން ބީ6 ހިމެނެއެވެ. ހަމައެކަނި ދޮންކެޔޮ ކާންވީއެއް ނޫނެވެ. ދޮންކެޔޮ ޗަސްކޮށްގެން ބޮލުގެ ހަންގަނޑުގައި އުނގުޅާފައި ދެތިން މިނެޓް ބެހެއްޓުމަށްފަހު ދޮވެލުމުން ވެސް ހަންފޮޅުމަށް ލުއެއް ލިބެއެވެ. 

ޗިކް ޕީސް: ޗިކް ޕީސް ނޫނީ ސަނާ މުގަކީ ގިނަ އަދަދަކަށް ޒިންކް އަދި ވިޓަމިން ބީ6 އެކުލެވޭ ކާނާއެކެވެ. ކާއެއްޗެހި ތައްޔާރު ކުރާއިރު ޗިކްޕީސް ހިމަނާލާށެވެ. ނުވަތަ ހުހަށް ވެސް މި ކެވިދާނެއެެވެ. އަދި ފުޑާފައި ހެއާ މާސްކެއްގޮތަށް ވެސް ބޭނުންކިރެވިދާނެއެވެ.

ސަންފްލާވާ އޮށް: ސަން ފްލާވާ އޮށަކީވެސް ޒިންކް އަދި ވިޓަމިން ބީ6 އޭގައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ބަރަބޯ އޮށާއި ސެސެމީ ސީޑް އަކީ ވެސް މި ވިޓަމިން އެކުލެވޭ ކާނައެވެ.

މީގެ އިތުރުން ވިޓަމިން ބީ6 ހިމެނޭ ހާބަލް ޝޭމްޕޫއެއް ވެސް ބޭނުންކުރެވިދާނެއެވެ. އަދި ސިއްހީ މާހިރެއްގެ ލަފާ ހޯދުން ވެސް މުހިންމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ