ބޮލީވްޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ މިމަހު ކައިވެނިކުރަނީ

ބޮލީވްޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ މިމަހު ކައިވެނިކުރަނީ
ލިޔުން:
ބޮލީވްޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ މިމަހުގެ 23 ގައި ކައިވެނިކުރަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
ސޮނާކްޝީ ސިންހާ ކައިވެނިކުރަން އުޅެނީ 2019 ވަނަ އަހަރު ފިލްމް "ނޯޓްބުކް" އިން ބޮލީވުޑް އަށް ތަޢާރަފްވި ޒަހީރް އިޤްބާލް އާއެވެ.
ޒާހިރް އިޤްބާލް އަކީ އިންޑިއާގެ މުންބާއީގެ ކޮންޓްރަކްޝަން އިންޑަސްޓްރީގެ މަޝްހޫރު ވިޔަފާރި އާއިލާ އަކަށް ނިސްބަތްވާ ފަރާތެކެވެ. ޒަހީރް އިޤްބާލް އުފަންވެފައިވަނީ 10 ޑިސެމްބަރު 1988 ގައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޒަޙީރް ޢިޤްބާލް ތައުލީމު ޙަސިލްކޮށްފައިވަނީ މުމްބާއީގެ ސްކޮޓިޝް ސްކޫލުގައި ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާ ޚާން ޝަރުމާއާ އެކު އެކުއެވެ. އެހެންކަމުން ޒަހީރް އިޤްބާލް އާއި ސަލްމާން ހާންގެ އާއިލާ އާއި ވަރަށްގާތް ގުޅުމެއްވަނީ އުފެދިފައެވެ. އަދި އެގުޅުމުގެ ސަބަބުން ސަލްމާން ހާން 2019 ވަނަ އަހަރު އުފެއްދި ފިލްމު "ނޯޓްބުކް" އިން ލީޑް ރޯލް އަދާކުރުމުގެ ފުރުސަތު ޒާހިރު އިޤްބާލް އަށް ވަނީ ދީފައެވެ.
ޒަޙީރް އިޤްބާލް އެއްމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ރިޕޯޓަތައް ބުނަނީ ބޮލީވްޑް ގެ ސައުތް ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ދީކްޝާ ސެތް އާއެވެ. އެއަށްފަހު ޝާހްރުކް ޙާންގެ ފިލްމު ކުޗްކުޗްހޯތާހޭގައި ކުޑަ އަންހެންކުއްޖާގެ ރޯލުން މަޝްހޫރުވި މިހާރު އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ސަނާ ސައީދުއާވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާކަމަށްވެސް އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ޙަބަރުތައްގެނެސްދޭ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ސޮނާކްޝީ ސިންހާ އަކީ ބޮލީވްޑްގެ ކުރީގެ އެކްޓަރު އަދި އިންޑިއާގެ މިހާރުގެ ސިޔާސީ ޅިޑަރެއްކަމަށްވާ ޝަތުރުގަން ސިންހާ އާއި ޕޫނަމް ސިންހާގެ ދަރިއެކެވެ. 2022 ވަނައަހަރު ޒާހިރް އިޤްބާލް ވަނީ ސޮނާކްޝީއާ އެކު ސަތުރާމް ރަމާނީ ޑައިރެކްޓްކުރި ފިލްމު "ޑަބަލް އެކްސްއެލް" ގައި ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން ސޮނާކްޝީ އާއި ޒާހިރު ވަނީ އެ އަހަރު "ބްލޮކްބަސްޓާ" ކިޔާ މިއުޒިކް ވީޑިއޯއެއްވެސް ކުޅެފައެވެ.
ޒާހިރް އިޤްބާލް ސޮނާކްޝީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެ ގުޅުން އާންމުކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ސޮނާކްޝީ ސިންހާ އާއި ޒާހިރު އިގްބާލްގެ ކައިވެނީގެ ދައުވަތު ފަރުމާކޮށްފައި ވަނީ މަޖައްލާގެ ކަވަރެއް ފަދައިން ކަމަށާއި އެ ލިޔުމުގައި ލިޔެފައި ވަނީ "ވާހަކަތަކަކީ ހަގީގަތެއް" ކަމަށެވެ. އަދި މެހެމާނުން ފޯމަލްކޮށް އައުމަށް އަންގާފައިވާއިރު ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ބަސްޓިއަންގައެވެ. އެ މީހުންގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ" ގެ މުޅި ކާސްޓަށް ވެސް ކައިވެންޏަށް ދައުވަތު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
