މާލެ: 31°C

ބީޖޭޕީގެ ލީޑަރ ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި ވީޑިއޯ އާއްމު ކުރި ނޫސްވެރިޔާ ހައްޔަރު ކޮށްފި

June 28, 2022
219 ފަހަރު ބަލާފައި
ބީޖޭޕީގެ ލީޑަރ ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި ވީޑިއޯ އާއްމު ކުރި ނޫސްވެރިޔާ ހައްޔަރު ކޮށްފި
ބީޖޭޕީގެ ލީޑަރ ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި ވީޑިއޯ އާއްމު ކުރި ނޫސްވެރިޔާ ހައްޔަރު ކޮށްފި
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި ވީޑިއޯ އާއްމު ކުރި މުސްލިމް ނޫސްވެރިޔާ މުހައްމަދު ޒުބައިރު ހައްޔަރު ކޮށްފިއެވެ. އިންޑިއާގެ ދިއްލީ ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ ޒުބައިރު ހައްޔަރު ކޮށްފައިވަނީ އޭނާ 2018 ވަނަ އަހަރުގެ މާރިޗު މަހު ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން، އެހެން ދީން ތަކަށް އިހްތިރާމް ކުޑަކޮށް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް އޭނާ މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އެއްވެސް ނޯޓިސް އެއްވެސް ދިނުމެއްނެތި ކަމަށާއި، އޭނާ ހައްޔަރު ކުރުމުގެ އަމުރު ދެއްކުމަށް ފުލުހުން އަރިހުން އެދުމުން އެވެސް ފުލުހުން ނުދައްކާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިމަހު ކުރީކޮޅު އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި ބައިވެރިވެ އެ ޤައުމުގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރް ޝަރުމާ ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާއަށް ފުރައްސާރަކޮށް ތައުހީނުކުރި ކުރި މަންޒަރު ފެންނަ ވީޑިއޯ ވައިގެ ހިފައި އެކަން ދުނިޔެއަށް އެނގިގެން ދިޔައީ އިންޑިޔާގެ މުސްލިމުންގެ ހައްގުގައި ވަކާލާތުކޮށް ޚަބަރުފަތުރާ, ފެކްޓް ޗެކިން ނުވަތަ މައުލޫމާތުގެ ތެދުކަން ކަށަވަަރު ކުރާ ވެބްސައިޓް އޯލްޓްނިއުސްގެ ޒުބައިރު ޓުވިޓާގައި އެ ވީޑިއޯ ހިއްސާ ކުރުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީއަށް ގިނަ ގައުމުތަކުގެ ނުރުހުން އަމާޒުވެ، ބައެއް މުސްލިމް ގައުމުތަކުގައި ތިބި އިންޑިއާގެ ސަފީރު އެގައުމުތކުގެ ޚާރިޖީވުޒާރާއަށް ހާޒިރުކޮށް ބީޖޭޕީގެ ތަރުޖަމާނާއި އެ ޕާޓީގެ ލީޑަރެއް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކުރި ކުރުން ބަލައިނުގަންނަ ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައިއެވެ. އަދި އެކަމަށް ރަސްމީކޮށް މައާފަށް އެދުމަށް އެ ޤައުމުތަކުން ވަނީ އެދިފައެވެ. އަދި މީގެ ސަބަބުން ބީޖޭޕީން ނުޕުރު ޝަރުމާ ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު އަންނަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އިންޑިޔާގެ ފުލުހުން ޒުބައިރު ހައްޔަރު ކޮށްފައި މިވަނީ ނުޕުރް ޝަރުމާ އަށް އިންޒާރު ދިން ކަން އިއުލާން ކޮށް އެކަމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ނޫސްވެރިޔާ ޒުބައިރު ކަމަށްބުނެ ނުޕުރް ޝަރުމާ ޒުބައިރުއަށް އިންޒާރުވެސް ދީފައިވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ