މާލެ: 31°C

ބިންހެލުން އައިތާ 10 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން ދިރިތިބި ބަޔަކު ފެނިއްޖެ

February 17, 2023
2 ފަހަރު ބަލާފައި
ބިންހެލުން އައިތާ 10 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން ދިރިތިބި ބަޔަކު ފެނިއްޖެ
ބިންހެލުން އައިތާ 10 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން ދިރިތިބި ބަޔަކު ފެނިއްޖެ
ތުރުކީއަށާއި ސޫރިޔާއަށް މިމަހުގެ ހަވަ ދުވަހު އައި ބިންހެލުމުގައި ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ދިރި ތިބި ބަޔަކު ދެން ފެނިދާނެ ކަމުގެ އުއްމީދު ކުޑަވެފައި ވަނިކޮށް، ހަތަރު މީހަަކު ހޯދައި ސަލާމަތް ކޮށްފި އެވެ. ތުރުކީ ސަރުކާރުގެ އަނަޑޮލޫ ނިއުސް އެޖެންސީއާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި ބިންހެލުން އައިތާ 258 ގަޑި އިރު ފަހުން ފެނުނު އެކަކީ ކަހްރަމަން މަރާޝް ޝަހަރުން ފެނުނު އުމުރުން 29 އަހަރުގެ ނިސްލާން ގިލިޗް އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެހާ ފަހުން ފެނުނު އިރު ވެސް ނިސްލާންގެ ހާލު ރަނގަޅެވެ. އޭނާއަށް ވާހަކަ ދެއްކޭ ކަމަށް ވެސް ބުންޏެވެ. "އަލްޙަމްދު ލިﷲ. އަހަރެންގެ އުޚުތު ސަލާމަތް ވެއްޖެ. މިފަދަ އުފާވެރި ވަގުތުތައް އެންމެނަށް ވެސް ދެއްވާށި،" ނިސްލާންގެ ބޭބެ ޔޫސުފު ޔަސިނޫޒް އަލް ޖަޒީރާއަށް ބުނެފައި ވެ އެވެ. ފުރާނައެއް ސަލާމަތްވި ކަމުގެ އުފާ ލިބުނު އަނެއް ބަޔަކީ އެކިންސީ އަވަށުގެ މީހުންނެވެ. އެ އަވަށުގައި ވެއްޓިފައިވާ އިމާާރާތްތަކުގެ ދަށުން ދިރިހުއްޓާ ފެނުނީ އުމުރުން 12 އަހަރުގެ އުސްމާން ހަލަބީ އެވެ. އޭގެ ފަހުން އަންތާކިޔާއިން ވަނީ އެހެން ދެމީހަކު ފެނިފަ އެވެ. އެއީ އުމުރުން 26 އަހަރުގެ މުހައްމަދު އަލީ ސާކިރޮގުލޫ އާއި 34 އަހަރުގެ މުސްތަފާ އަވްސީ އެވެ.  އެ ދެމީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ތުރުކީއާސި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 44،000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން 38،000 އަށް ވުރެ ގިނަ މީހުންނަކީ ތުރުކީން މަރުވި މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ