މާލެ: 31°C

ބިންހެލުމުގެ ސަބަބުން ތުރުކީއަށް 34 ބިލިއަން ޑޮލަރުގެ ގެއްލުން

March 2, 2023
2 ފަހަރު ބަލާފައި
ބިންހެލުމުގެ ސަބަބުން ތުރުކީއަށް 34 ބިލިއަން ޑޮލަރުގެ ގެއްލުން
ބިންހެލުމުގެ ސަބަބުން ތުރުކީއަށް 34 ބިލިއަން ޑޮލަރުގެ ގެއްލުން
ފެބްރުއަރީ މަހު ކުރީކޮޅު ތުރުކީ އަށާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން، ތުރުކީއަށް 34 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފިއެވެ. ބިންހެލުމުގައި 47،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ސަތޭކަ ހާސް ބައެއްގެ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިއީ 2021 ވަނަ އަހަރު ތުރުކީގެ ޖީޑީޕީގެ ހަތަރު އިންސައްތައާ އެއްވަރުގެ އަދަދެއް ކަމަށެވެ. އެ އަންދާޒާގައި އަލުން އިމާރާތް ކުރުމުގެ ހަރަދު ނުހިމެނޭ ކަމަށާއި އެ އަދަދުތައް "ދެގުނަ ބޮޑު" ވާނެ ކަމަށް ވޯލްޑްބޭންކުން ބުންޏެވެ. ވޯލްޑް ބޭންކުން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑައިރެކްޓަރު ހަމްބާޓޯ ލޮޕޭޒް ވިދާޅުވީ އެ ކާރިސާއަކި ޕަބްލިކް އަދި ޕްރައިވެޓް އިންފްރާސްޓްރަކްޗާގައި "ރެޒިލިއަންސް" އިތުރުކުރަން ޖެހޭކަން ހަނދާންކޮށްދޭ ކާރިސާއެއް ކަމަށެވެ. ވޯލްޑް ބޭންކުން ބުނި ގޮތުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގާތްގަނޑަކަށް 1.25 މިލިއަން މީހުން ވަނީ ވަގުތީ ގޮތުން ގެދޮރު ގެއްލިފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. މީހުން ސަލާމަތްކުރުން ލަސްވީތީވެ އާންމު ރައްޔިތުންގެ ކިބައިން އުރުދުގާން ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އުރުދުގާން ވިދާޅުވީ ބިންހެލުމުގެ ނުރައްކާތެރި އަސަރާއި މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ދުވަސްތަކުގައި އަދްޔާމާނު ސަރަހައްދުގައި ބޭނުންވި ގޮތަށް މަސައްކަތް ނުކުރެވުނު ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ