ބިންހެލުމުގައި މީހުން ސަލާމަތްކުރަން ތުރުކީގައި ހިންގި އޮޕަރޭޝަން ނިމުމަކަށް

ބިންހެލުމުގައި މީހުން ސަލާމަތްކުރަން ތުރުކީގައި ހިންގި އޮޕަރޭޝަން ނިމުމަކަށް
ލިޔުން:
ތުރުކީއަށާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމަށް ތުރުކީގައި ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާ ކަމަށް ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އިން ބުނެފިއެވެ.
"ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 40،642 އަށް އަރާފައިވާއިރު، ގިނަ ޕްރޮވިންސްތަކުގައި ކުނީގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި،" އޭއެފްއޭޑީގެ ވެރިޔާ ޔުނިސް ސެޒާރު ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
އަދި މާދަމާ ރޭގެ ކުރިން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ނިމޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ އިރުދެކުނު އަދި ސީރިއާއަށް ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި 45،000 އަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ގެއްލި، އިގްތިސާދީ ގޮތުން ލިބުނު ގެއްލުން އެތައް ބިލިއަން ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ.
"އަޅުގަނޑުމެން މިތިބީ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ކުރިމަތީގައި. ބިންހެލުމާއި އާފްޓާ ޝޮކްތަކުގެ ސަބަބުން ލިބުނު ގެއްލުންތައް، އެއީ 5،700 އަށް ވުރެ ގިނަ ގެއްލުން ލިބުނު 11 ޕްރޮވިންސަށް އެކަންޏެއް ނޫން،" ސެޒާރު ވިދާޅުވި އެވެ.
ސީރިއާގައި މިހާތަނަށް 5،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ހުޅަނގު އުތުރުގެ ސަރަހައްދުތަކުން މަރުވި މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި ތުރުކީ އާއި ސީރިއާގެ 26 މިލިއަން މީހުން ތިބި އިންސާނީ އެހީއަށް ބޭނުންވެފައެވެ.
ބިންހެލުން އައިތާ 12 ދުވަސް ފަހުން ކިރްގިސްތާނުގެ ރެސްކިއު ވޯކަރުން ހޮނިހިރު ދުވަހު ވަނީ ތުރުކީގެ ދެކުނުގެ އަންޓަކްޔާގެ އިމާރާތެއްގެ ކުނިތަކެއްގެ ތެރެއިން ސީރިއާގެ ފަސް މީހުންގެ އާއިލާއެއްގެ ބަޔަކު ސަލާމަތްކޮށްފ އެވެ.
ކުޑަކުއްޖަކާއެކު ތިން މީހަކު ސަލާމަތްކުރިއެވެ. މަންމަ އާއި ބައްޕަ ސަލާމަތްވި ނަމަވެސް ކުއްޖާ މަރުވީ ޑީހައިޑްރޭޓް ވެގެން ކަމަށް ރެސްކިއު ޓީމުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
