މާލެ: 31°C

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ދޭ އެހީ އިތުުރުކޮށްފި

February 22, 2023
2 ފަހަރު ބަލާފައި
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ދޭ އެހީ އިތުުރުކޮށްފި
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ދޭ އެހީ އިތުުރުކޮށްފި
މި މަހުގެ ކުރީކޮޅު ސީރިޔާއަށާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދޭ އެހީ އިތުރުކުރާނެ ކަމަށް ޖަރުމަނުން ބުނެފިއެވެ. ހާލުގައި ޖެހުނު މީހުންނަށް އިތުރު 50 މިލިއަން ޔޫރޯ ދޭން ނިންމާފައިވާކަން އިއުލާން ކުރީ އަންގާރަ ދުވަހުއެވެ. ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލީނާ ބެއާބޮކް ވިދާޅުވީ އެ ގައުމުން ބޭނުންވަނީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނާ އެކު ޖަރުމަން ތިބިކަން ބައިނަލްއަގްވާމީ މުޖުތަމައުއަށް އަންގަން ކަމަށެވެ. އެކަމަނާ އެހެން ވިދާޅުވީ ދާހިލީ ވަޒީރު ނޭންސީ ފައިޒަރާއެކު ތުރުކީގެ ދެކުނުގައި އޮންނަ ޕަޒާރްސިކްއަށް ކުރެއްވި ދަތުރުފުޅުގައެވެ. އަލަށް ދިން އެހީގެ ތެރެއިން 33 މިލިއަން ޔޫރޯ ކަނޑައަޅާފައިވަނީ ތުރުކީއަށެވެ. އަދި 17 މިލިއަން ޔޫރޯ ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށެވެ. މި އަދަދާއެކު ޖަރުމަނުން ދިން އެހީގެ އަދަދު ވަނީ 108 މިލިއަން ޔޫރޯއަށް އަަރާފައެވެ. "އަސަދުގެ ސަރުކާރުން އެހީދޭ ޖަމާއަތްތަކުގެ މަގަށް އެއް ހުރަހަކަށް ފަހު އަނެއް ހުރަހެއް އަޅަމުން ދިޔަ ނަމަވެސް، އެތަނުގައި ތިބި މީހުން އެކަނި ދޫކޮށްނުލާނެ" އެނަލީނާ ބެއާބޮކް ވިދާޅުވިއެވެ. ބިންހެލުމުގައި ގާތްގަނޑަކަށް 46،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ