މާލެ: 31°C

ބިންހެލުމާ ގުޅިގެން ސީރިޔާގައި ފަސް މިލިއަން މީހުން ގެދޮރު ގެއްލިދާނެ: ޔޫއެން

February 11, 2023
2 ފަހަރު ބަލާފައި
ބިންހެލުމާ ގުޅިގެން ސީރިޔާގައި ފަސް މިލިއަން މީހުން ގެދޮރު ގެއްލިދާނެ: ޔޫއެން
ބިންހެލުމާ ގުޅިގެން ސީރިޔާގައި ފަސް މިލިއަން މީހުން ގެދޮރު ގެއްލިދާނެ: ޔޫއެން
ސީރިޔާ އާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސީރިޔާގެ ފަސް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިދާނެ ކަމަށް އދ.ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު (ޔޫއެންއެޗްސީއާރް) ގެ ސީރިއާ މަންދޫބު ސިވަންކާ ދަނަޕާލާ ހުކުރު ދުވަހު ވިދާޅުވީ ބިންހެލުމުގެ ސަބަބުން ސީރިއާގެ 5.3 މިލިއަން މީހުން ގެދޮރު ގެއްލިދާނެ ކަމަށެވެ. "ސީރިއާއަށް މިއީ ކްރައިސިސްއެއްގެ ތެރޭގައި އޮތް ކާރިސާއެއް، އިގްތިސާދީ ޝޮކްތަކާއި ކޮވިޑްގެ ސަބަބުން މިހާރު ތިބީ ގަދަ ފިނީގައި ކަމަށާއި، އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތޫފާންތައް ވެސް ގަދަވެފައި" އޭނާ ވިދާޅުވިއެވެ. 7.8 މެގްނިޓިއުޑާއި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި ސަލާމަތްވި މީހުން ސީރިއާގެ އެހެން ސަރަހައްދުތަކުން، ގާތްގަނޑަކަށް 12 އަހަރު ވަންދެން ހިނގި ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ކޭމްޕްތަކަށް ވަނީ ޖަމާވެފައެވެ. މި ބިންހެލުމުގެ ސަބަބުން ތުރުކީ އާއި ސީރިއާގެ އެކި ހިސާބުތަކުގައި މިހާތަނަށް 24،000 މީހުން ވަނީ މަރުވެފައެވެ. ދަނަޕާލާ ވިދާޅުވީ ޔޫއެންއެޗްސީއާރުން ބޮޑަށް ހާލުގައި ޖެހިފައިވާ ސީރިޔާގެ ސަރަހައްދުތަކަށް "އެހީ އަވަސް" ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސީރިޔާ ސަރުކާރުން ބުނެފައިވަނީ އދ އާއި އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ