މާލެ: 31°C

ބިންހެލުމުގައި 11،000 މަރު، އިތުރުވެދާނެ ކަމުގެ އިންޒާރު

February 8, 2023
2 ފަހަރު ބަލާފައި
ބިންހެލުމުގައި 11،000 މަރު، އިތުރުވެދާނެ ކަމުގެ އިންޒާރު
ބިންހެލުމުގައި 11،000 މަރު، އިތުރުވެދާނެ ކަމުގެ އިންޒާރު
ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވަނީ ހޯމަ ދުވަހުގެ ފަތިސް ގަޑީގައި ގިނަ ބަޔަކު ނިދާފައި ތިއްބައެވެ. ސަލާމަތްވި މީހުން ހޯދުމުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެސްކިއު ޓީމުތައް ދަނީ ސީރިޔާ އަދި ތުރުކީގައި ހަރަކާތްތެރިވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ އަދަދު 20،000 އަށް އަރާނެ ކަމަށެވެ. ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނީ ބުދަ ދުވަހު އެ ގައުމުން މަރުވި މީހުންގެ އަދަދު 8،500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. ސީރިޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި މަރުވި މީހުންގެ ޢަދަދު 1200 އަށްވުރެ މައްޗަށް އަރާފައިވާއިރު، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހުޅަނގު އުތުރު ސަރަހައްދުން 1400 މީހުން މަރުވެފައިވާ ކަމަށެވެ. އެއާ އެކު ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ޖުމްލަ އަދަދު ވަނީ 11،000 އަށް އަރާފައެވެ. އަދި އެތައް ހާސް ބަޔަކު ޒަހަމްވެފައެވެ. މިއީ 2011 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުމުގައި ސުނާމީއެއް އުފެދި 20،000 އެއްހާ މީހުން މަރުވި ފަހުން އައި ދިމާވި ނުރައްކާތެރި ހާދިސާއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސީނިއާ އިމަޖެންސީ އޮފިސަރެއް ކަމަށްވާ އެޑެލްހެއިޑް ބިންހެލުމުގެ އަސަރު 23 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ގެންދަވަނީ ބިންހެލުމުގެ އަސަރުކުރި ޕަޒާރްސިކް އަވަށަށާއި އެންމެ ބޮޑަށް ގެއްލުން ލިބުނު ހަޓޭ ޕްރޮވިންސަށް ދަތުރުކުރައްވަމުންނެވެ. އެމަނިކުފާނު ގެ މި ދަތުރުފުޅަކީ ޑިޒާސްޓަރ ޒޯނަށް ސަރުކާރުން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުގައި ތުރުކީގައި 60،000 އެއްހާ އެހީދޭ ސިފައިން ތިބި އިރު، މިހާ ބޮޑު ގެއްލުމަކާ އެކު ގިނަ ބަޔަކު އަދިވެސް ތިބީ އެހީގެ އިންތިޒާރުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ