މާލެ: 31°C

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2300އިން މައްޗަށް

February 6, 2023
2 ފަހަރު ބަލާފައި
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2300އިން މައްޗަށް
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2300އިން މައްޗަށް
ތުރުކީއާއި އެގައުމާ އިންވެގެން އޮންނަ ސީރިއާއަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 2300އަށް ވުރެ މައްޗަށް އަރައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބިންހެލުމުގައި ގިނަމީހުން މަރުވެފައިވަނީ ތުރުކީންނެވެ. އެ ގައުމުން 1400އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިމަޖެންސީ އޭއެފްއޭޑީ ޑިޒާސްޓާ އެޖެންސީން ބުނެއެވެ. https://twitter.com/BNODesk/status/1622478945932177410 ފުރަތަމަ ބިންހެލުން އައިސްފައިވަނީ ރޭގަނޑު މީހުން ނިދާފައި ވަނިކޮށް، 7.8 މެގްނިޓިއުޑްގެ ބާރުމިނުގައެެވެ. މިއީ ސަރަހައްދުގައި ފާއިތުވި ގަރުނެއްގެ ތެރޭގައި އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ. ސައިޕްރަސް އާއި ގާހިރާ އާ ހިސާބަށް ބިންހެލުމުގެ އިހުސާސް ކުރެވުނެވެ. ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނީ ދެވަނަ ބޮޑު ބިންހެލުމުގެ ބާރުމިނުގައި 7.7 މެގްނިޓިއުޑް ހުރި ކަމަށާއި އެއީ ކަހްރާމަންމަރާސްގެ އިރު އުތުރުން 67 ކިލޯމީޓަރު (42 މޭލު) ދުރުގައި އައި ބިންހެލުމެއް ކަމަށް އިބްތިދާއީ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. https://twitter.com/Reuters/status/1622565770957049857 އެ ބިންހެލުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ވަނީ އެ ގައުމަށް އެހީވާން ފަށާފައެވެ. އިނގިރޭސިވިލާތުން ބުނީ އެ ގައުމުގެ 76 ސާޗް އެންޑް ރެސްކިއު ސްޕެޝަލިސްޓުންނާއި ހަތަރު ސާޗް ޑޯގާއި ރެސްކިއު އިކުއިޕްމަންޓް ހޯމަ ދުވަހުގެ ހަވީރު ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން ވަނީ ހާލަތު ދެނެގަތުމަށް އިމަޖެންސީ މެޑިކަލް ޓީމެއް ވެސް ފޮނުވާފައެވެ. https://twitter.com/amitsahujourno/status/1622548757542998017 ތުރުކީގެ އަވަށްޓެރި ގްރީސް އާއި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ވަނީ އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ވަގުތުން އެހީތެރިކަން ފޮނުވުމަށް ހުށަހަޅައިފައެވެ. ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގްރީސްގެ ވަސީލަތްތައް މޮބިލައިޒް ކުރަމުން އަންނަ ކަމަށާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިސްރުގެ ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތުރުކީ އާއި ސީރިއާއަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރާންސުން ތިބީ ކުއްލި އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. ޖަރުމަނުގެ ފެޑެރަލް އެޖެންސީ ފޯ ޓެކްނިކަލް ރިލީފް (ޓީއެޗްޑަބްލިއު) އިން އަންނަނީ އިމަޖެންސީ ޖަނަރޭޓަރުތަކާއި ޓެންޓުތަކާއި ބްލޭންކެޓް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. ޖަރުމަނުގެ ދާހިލީ ވަޒީރު ނޭންސީ ފައިސަރު ވިދާޅުވީ އިމަޖެންސީ ޝެލްޓާތަކާއި ފެނުގެ ފަރުވާގެ ނިޒާމުތައް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ. އދ.ގެ ކުރީގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު ސާ ސްޓެފަން އޯބްރައިން ވިދާޅުވީ ތުރުކީގައި ބިންހެލުމުގެ މާހިރުންގެ ޒަމާނީ އަދި ތަޖުރިބާކާރު ޓީމެއް އެބަތިބި ކަމަށެވެ. ސީރިއާގައި އެކަން ނުވާނެ، އެއާ ދުރުގައި". ނަމަވެސް ސީރިއާގައި އެއީ ހަމަނުޖެހުން އުފެދިފައިވާ ސަރަހައްދެއް ކަމަށާއި އޯސީއެޗްއޭ މެދުވެރިކޮށް އދ އިން އެ ގައުމަށް ވަނުމުގެ ރުހުން އޮތްކަމެއް އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://twitter.com/SkyNews/status/1622501551645290497 އޭނާ ވިދާޅުވީ ވައިޓް ހެލްމެޓްސް ހަރަކާތްތެރިވާ ހަނގުރާމައިގެ ތެރެއަށް ވެއްޓިފައިވާ އިދްލީބުގައި އެއްވެސް އެހީއެއް ނުލިބޭ ކަމަށެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް އިއުތިރާޒެއް ނޯންނާނެ ކަމަށް. މިއީ އެއްވެސް އެއް ގައުމަކަށް ހޭންޑްލް ނުކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. ފުރާނަ ސަލާމަތް ކުރުމަށް ބިންމަތީގައި ރަނގަޅު ކޮމާންޑާއި ކޮންޓްރޯލެއް ލިބިއްޖެ." ވިދާޅުވިއެވެ. ތުރުކީއަށާއި ސީރިއާއަށް އެހީ ފޮނުވާނެ ކަމަށް އިޒްރޭލުން ވައުދުވި ނަމަވެސް، ސީރިއާގެ ފަރާތުން އެދުނު ގޮތް ނުވަތަ އެ އެހީ ފޯރުކޮށްދޭން ގަސްދުކުރަނީ ކިހިނެއްތޯ އެނގިފައެއް ނުވެއެވެ. އިޒްރޭލުން ފޮނުވާ އެހީގެ ތެރޭގައި ބްލެންކެޓާއި ޓެންޓާއި ބޭސް ހިމެނޭ ކަމަށާއި ނަތަންޔާހޫގެ ސަރުކާރުން ވެސް އެދިއްޖެނަމަ މަރުވާ މީހުން ނަގަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ