މާލެ: 31°C

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ވަގުތީ ވިސާ ދެނީ

February 13, 2023
2 ފަހަރު ބަލާފައި
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ވަގުތީ ވިސާ ދެނީ
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ވަގުތީ ވިސާ ދެނީ
ސީރިޔާއަށާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ވިސާ ދިނުމަށް ޖަރުމަނުން ނިންމައިފިއެވެ. ޖަރުމަނުގައި ގާތްތިމާގެ މީހުންނާއެކު ވަގުތީ ގޮތުން ތިބެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. މިއީ އިމަޖެންސީ އެހީއެއް،" ޖަރުމަނުގެ ދާހިލީ ވަޒީރު ނޭންސީ ފައިސަރު ހޮނިހިރު ދުވަހު ބިލްޑް ނޫހަށް ވިދާޅުވިއެވެ. އެ ނިންމުމާއެކު ޖަރުމަނުގައި ތިބި ތުރުކީ ނުވަތަ ސޫރިޔާގެ އާއިލާތަކަށް ބިންހެލުން އައި ސަރަޙައްދުން އެމީހުންގެ ގާތް ތިމާގެ މީހުން އެމީހުންގެ ގެއަށް ގެނައުމުގެ ފުރުސަތު ލިބޭނެއެވެ. ނޭންސި ވިދާޅުވީ އެ މީހުންނަށް ދޫކުރާނީ "ރެގިއުލާ" ވިސާއާއް ކަމަށެވެ. އެ ވިސާތައް އަވަހަށް ދޫކުރެވޭނެއެވެ. ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ. އެގޮތަށް ނިންމާފައި މިވަނީ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. އެ ދެ ގައުމުން ވެސް އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ތުރުކީ ދަރިކޮޅުގެ ގާތްގަނޑަކަށް 2.9 މިލިއަން މީހުން ޖަރުމަނުގައި ދިރިއުޅެމުންދާއިރު ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ތުރުކީގެ ރަށްވެހިކަން އޮންނަ މީހުންނެވެ. ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ރެފިއުޖީންނަށް ބޯޑަރު ހުޅުވާލި ފަހުން ސީރިއާގައި ދިރިއުޅޭ ޖަރުމަނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެ މީހުންގެ އަދަދު 924،000 އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. 2014 ވަނަ އަހަރާ ހަމަޔަށް ޖަރުމަނުގައި ސީރިއާގެ 118،000 މީހުން ދިރިއުޅެމުންދެއެވެ. "އަމާޒަކީ ވިސާގެ އިޖުރާއަތްތައް ވީހާވެސް ބޮޑަށް އަސަރުކޮށްފައިވާ މީހުންނަށް އަންބިއުރޯކްރެޓިކް ކޮށްދިނުން. ތުރުކީގައި ހުންނަ ބޭރުގެ މިޝަންތަކުގައި މުވައްޒަފުން އިތުރުކޮށް، ކެޕޭސިޓީ އަލުން ހަމަޖައްސާފައިވާ،" ޖަރުމަނުގެ ހާރިޖީ ވަޒީރު ބެއާބޮކް ވިދާޅުވިއެވެ. ޑީޕީއޭ ނިއުސް އެޖެންސީން ބުނި ގޮތުގައި އަވަސް އަދި އިސްކަންދޭ ވިސާގެ ބޭނުމަކީ ކާރިސާގެ ސަބަބުން ވަކިން ހާއްސަކޮށް ގެއްލުން ލިބިފައިވާ، ގެދޮރު ނެތި ދިއުމުގެ ނުރައްކާ އޮތް ނުވަތަ ފަރުވާ ދޭން ޖެހޭ ޒަހަމްތައް ލިބިފައިވާ މީހުންނަށް އެހީވެ ދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ