ބައިޑަން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޑިކްޓޭޓަރަކާ އެއްވަރުކުރައްވައިފި

ބައިޑަން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޑިކްޓޭޓަރަކާ އެއްވަރުކުރައްވައިފި
ލިޔުން:
އެމެރިކާގެ އުތުރު ކެލިފޯނިއާގައި ޑިމޮކްރެޓިކް ޕާޓީގެ ފަންޑްރައިޒާއެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ޗައިނާގެ ރައީސް ޝީ ޖިންޕިން ޑިކްޓޭޓަރަކާ އެއްވަރު ކުރައްވައިފި އެވެ.
ބައިޑަން މިހެން ވިދާޅުވެފައި މިވަނީ ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވިތަނާހެންނެވެ.
ބައިޑަން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހިނގި ހާދިސާއަކާ ގުޅިގެން ޝީ ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ޖާސޫސޫންކުރަން އެމެރިކާ މަތިން އުދުހުނު ޗައިނާގެ ބެލޭނެއް ވަނީ ވައްޓާލާފައެވެ.
ބައިޑަން ވިދާޅުވީ ޝީ ޖިންޕިން ހިތް ނުތަނަވަސްވި ސަބަބަކީ ބެލޫން ވައްޓާލިއިރު އެ ބެލޫންގައި ޖާސޫސީ އާލާތްތައް ހުރިކަން ނޭނގޭތީ ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ ޝީ ޖިންޕިން ފަދަ ޑިކްޓޭޓަރުންނަށް ކަން ހިނގި ގޮތް ނޭނގުމަކީ ބޮޑު ލަދެއް ކަމަށެވެ.
އެ ހާދިސާގެ ސަބަބުން އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެގެން ދިޔައެވެ. ޓައިވާނާއި ސެމިކޮންޑަކްޓަރުންނާއި އިންސާނީ ހައްގުތައް ފަދަ ތަފާތު މައްސަލަތަކުގެ ސަބަބުން އެ ގުޅުން ހީނަރުވެ، ބްލިންކެން ދަތުރުފުޅު ފަސްވެސް ކުރެއްވިއެވެ.
ނަމަވެސް ބްލިންކެން އެންމެ ފަހުން ބެއިޖިންއަށް ވަޑައިގެން ޗައިނާގެ ހާރިޖީ ވަޒީރު ކިން ގޭންގް އާއި ފޮރިން އެފެއާޒްގެ އިސް އޮފިޝަލް ވަންގް ޔީ އަދި ރައީސް ޝީ ޖިންޕިންއާ މަޝްވަރާ ކުރެއްވިއެވެ. މާބޮޑު ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، ބްލިންކެން އާއި ޝީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ވާދަވެރިކަން ހަމަނުޖެހުމަކަށް ބަދަލުވިޔަ ނުދިނުމަށް އެއްބަސްވެވަޑައިގެންފައެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން ވަނީ ބައިޑަންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ޗައިނާގެ ސިޔާސީ ކަރާމާތަށް ވަރަށް ބޮޑަށް އުނިކަން ގެނެސްދިން ވާހަކައެއް ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
