މާލެ: 31°C

ބޭރު ޕައިލެޓުން ގެނެސްގެންވިޔަސް ސްރީލަންކަން އެއާލައިން ހިންގާނެ!

July 16, 2023
2 ފަހަރު ބަލާފައި
ބޭރު ޕައިލެޓުން ގެނެސްގެންވިޔަސް ސްރީލަންކަން އެއާލައިން ހިންގާނެ!
ބޭރު ޕައިލެޓުން ގެނެސްގެންވިޔަސް ސްރީލަންކަން އެއާލައިން ހިންގާނެ!
ސްރީލަންކަން އެއާލައިންސްގެ ޕައިލެޓުން ރަނގަޅު ފުރުސަތުތަކަށް ގައުމު ދޫކޮށް  އެހެން ގައުމަތަކަށް ދާން އިހްތިޔާރުކޮށްފިނަމަ، ގައުމީ އެއާލައިން އޮޕަރޭޓް ކުރުމަށް ބޭރުގެ ޕައިލެޓުން ނަގާނެ ކަމަށް ސްރީލަންކާގެ މިނިސްޓަރ އޮފް ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވީ ގައުމަށް ލޯތްބެއް ނެތް މީހުން ބޭރުގެ ވަޒީފާގެ ރަނގަޅު ފުރުސަތުތަކަށް ގައުމު ދޫކޮށްލެވިދާނެ ކަމަށާއި ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި އެހެނިހެން ޕްރޮފެޝަނަލުންގެ މެދުގައި ވެސް މި މަންޒަރު އާންމު ކަމަށެވެ. "މިއީ ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައި ވެސް އާންމު ކަމެއް.އެހެން ތަނަކުން އެމީހުންނަށް ބޮޑު މުސާރައެއް ލިބެމުން ދިއުމަކީ އެކަށީގެންވާ ކަމެއް. ދުބާއީ ނުވަތަ ސިންގަޕޫރަށް ދާނަމަ ގޭގެ ކުލި ބޮޑުވެ، ދަރިންގެ ސްކޫލް ފީ ބޮޑުވެ، ދިރިއުޅުމުގެ ހަރަދުވެސް ބޮޑެވެ. ނަމަވެސް ސްރީލަންކާގައި އުޅޭ ފަދައިން އެމީހުން ހިތްހަމަޖެހިގެން ދިރިނޫޅެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ. "ލަންޑަނުގެ ޑޮކްޓަރަކަށް މަހަކު 5،000 ޕައުންޑް ލިބޭއިރު، ސްރީލަންކާގައި އެ މީހުންނަށް ލިބެނީ އެންމެ 150،000 ރުޕީސް. ޑޮމެސްޓިކް ވޯކަރަކަށް މެދުއިރުމަތީގައި 150،000 ރުޕީސް ލިބޭއިރު، ލަންކާގައި ލިބެނީ އެންމެ 75،000 ރުޕީސް. އަދިވެސް 216 ޕައިލެޓުން އެބަތިބި" ހުރިހާ ޕައިލެޓުން ފުރައިގެން ދާނަމަ ބޭރުގެ ޕައިލެޓުން ހޯދާނަން،" ސަރުކާރުން އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ. ޑި ސިލްވާ މިހެން ވިދާޅުވީ، ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އޮތޯރިޓީ (އައިއޭޓީއޭ) ގުޅިގެން ކަޓުނަޔަކަގައި  ބޭއްވި "ރީބިލްޑިންގ ދަ ސްކައިސް – ޕޮޒިޝަން ސްރީލަންކާ އޭވިއޭޝަން ފޯ ގްރޯތް" މި ޝިޢާރުގެ ދަށުން ބޭއްވި ފުރަތަމަ ސްރީލަންކާ އޭވިއޭޝަން ޑޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. "ސްރީލަންކަން އެއާލައިންސް ރީސްޓްރަކްޗާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ގައުމީ އެއާލައިން ހިންގުމަށް އަހަރަކު 150 މިލިއަން ޑޮލަރު ޚަރަދުކުރަން. މި ބަލިމަޑުކަން މުޅި ދުނިޔެއަށް އައިއިރު މުޅި އޭވިއޭޝަން އިންޑަސްޓްރީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި.... ލަންކާގެ މީޑިއާތަކަށް އެކަން ނުވިސްނެ އެވެ. އެމީހުން އަބަދުވެސް ބުނަނީ އަޅުގަނޑުމެން ފެއިލްވަނީއޭ" އޭނާ ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާއިރު، ކުވައިތު އެއާވޭސް އިން ވަނީ އެ އެއާލައިނުގެ 70 މެމްބަރަކު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ސްރީލަންކާގެ އޭވިއޭޝަން އިންޑަސްޓްރީ ދުނިޔޭގެ އެވްރެޖަށް ވުރެ ހަލުވިކަމާއެކު ރަނގަޅުވަމުންދާ ކަމަށާއި އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ދާދި ފަހުން ކުރި އެންމެ ރައްކާތެރި އެއާޕޯޓުތަކާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ލަންކާގެ އެއާޕޯޓަށް 92 ޕޮއިންޓް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޑިރެކްޓާ ޖެނެރަލް ސީއޭއޭއެސްއެލް ޕީއޭ ޖަޔަކަންތާ ވިދާޅުވީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ސްމާޓް އެއާޕޯޓަކަށް ބަދަލުކުރުމަށް ގިނަ އާ ފީޗާތަކެއް ތައާރަފް ކުރަމުން އަންނަ ކަމަށެވެ. އާ އެއާލައިންތައް ތައާރަފްކުރުމާއި، އާ އީ-ޕާސްޕޯޓާއި އީ-ގޭޓްތަކަކީ ފަދަ ފީޗާތަކެކެވެ. އަދި ޓާމިނަލް ޓޫގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖަޕާން ސަރުކާރާއި ޖައިކާގެ އެހީތެރިކަމާއެކު ފެށޭނެއެވެ. ސިންގަޕޫރުގެ އައިއޭޓީއޭގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް ފިލިޕް ގޯހް ވިދާޅުވީ ސްރީލަންކާގެ އޭވިއޭޝަން އިންޑަސްޓްރީ ރިކަވާވަމުން އަންނަ ކަމަށާއި 2025 ވަނަ އަހަރުގެ ނިޔަލަށް އެސްއެލްގެ ފަސިންޖަރުންގެ ފެންވަރު މަތިވާނެ ކަމަށެވެ. "2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ދުނިޔެއަށް 180 ބިލިއަން ޑޮލަރު ގެއްލުނު، އެއީ ވަރަށް ބޮޑު އަދަދެއް. އަޕްގްރޭޑް އެއާޕޯޓެއް އޮތުމަކީ ތަރައްގީވެފައިވާ ސިނާއަތަކަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ފަސިންޖަރުންނާއި ކާގޯ ހޭންޑްލިން ޑިޖިޓަލައިޒް ކުރުމަކީ ދެން އޮތް ކަމެކެވެ." ގޯހް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ