ބޭ އަދަބި ކޮންޓެންޓު ހުރުމުން ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކްކޮށްފި

ބޭ އަދަބި ކޮންޓެންޓު ހުރުމުން ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކްކޮށްފި
ލިޔުން:
ހަޑިހުތުރު ކޮންޓެންޓެއް ލިޔެފައިވާ ކަމަށް ބުނެ ޕާކިސްތާނުގައި އެންސައިކްލޮޕީޑިއާ، ވިކިޕީޑިއާ، ބްލޮކްކޮށްފިއެވެ.
މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ޕާކިސްތާނުގައި ކޮންޓެންޓުތަކުގެ މައްސަލަ އަކީ ވަރަށް ނާޒުކު މައްސަލައެކެވެ. ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ވަނީ މީގެ ކުރިން ފޭސްބުކް އަދި ޔޫޓިއުބް ބްލޮކްކޮށްފައެވެ. ނަމަވެސް ފަހުން ބޭނުންކުރުމުގެ ހުއްދަދިނެވެ.
ޕީޓީއޭ އިން އެންމެ ފުރަތަމަ އެދުނީ ލިޔެފައި ހުރި ބޭއަދަބީ ކޮންޓެންޓުތައް 48 ގަޑިއިރު ތެރޭގައި ސައިޓުން ނަގައިދިނުމަށެވެ. އެކަމަކު އެ ކޮންޓެންޓުތައް ނުނެގުމުން ވިކިޕީޑިއާ ވަނީ ޕާކިސްތާނުގައި ބްލޮކޮށް ކޮށްފައެވެ.
"މި ފިޔަވަޅު އެޅީ 48 ގަޑިއިރުގެ މުއްދަތު ހަމަވި ފަހުން ވެސް ބައެއް ކޮންޓެންޓް ވިކިޕީޑިއާގައި ފެންނަން ހުންނާތީވެ" ޕީޓީއޭގެ ތަރުޖަމާނު މަލަހަތު އުބައިދު ބްލޫމްބާގް ނޫހަށް ވިދާޅުވިއެވެ.
ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަނުން ވަނީ އެ ވެބްސައިޓަށް ބްލޮކް އުވާލައި ސައިޓަށް ވަނދެވޭނެ ގޮތް ހަދައިދޭން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އިލްމު ލިބުމަކީ އިންސާނީ ހައްގެއް. ޕާކިސްތާނުގެ ވިކިޕީޑިއާގެ ބްލޮކަކުން ދުނިޔޭގެ 5 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމަށް ހިލޭ ލިބޭ އެންމެ ބޮޑު ނޮލެޖް ރިޕޮޒިޓަރީއަށް ވަނުމަށް ވަނީ ހުރަސްއެޅިފައި،" ހޮނިހިރު ދުވަހު އެ ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ޕާކިސްތާނުން ވަނީ މި ނިންމުމަކީ "ރިގްރެސިވް" ފިޔަވަޅެއް ކަމަށާއި އެއީ އެ ގައުމުގެ ދުނިޔޭގެ ތަސައްވުރަށް ލިބުނު ދެރަކަމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ޕާކިސްތާނުން 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ޔޫޓިއުބް ބްލޮކްކުރީ ކީރިތި ރަސޫލާ އާ ބެހޭ ގޮތުން ފިލްމެއް ގެނެސްދިނުމުން މުސްލިމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތައް ހިންގަން ފެށުމުންނެވެ.
ޕާކިސްތާނުގެ ރެގިއުލޭޓަރުން ވަނީ 2020 ވަނަ އަހަރު ޔޫޓިއުބަށް "އިއުތިރާޒުކުރެވޭ" ކަމަށް ބެލެވޭ ހުރިހާ ވީޑިއޯތަކެއް އެ ގައުމުގައި ވަނުން ވަގުތުން ބްލޮކް ކުރުމަށް އެދިފަ އެވެ.
ފަހަކަށް އައިސް އެ ގައުމުން ވަނީ ވީޑިއޯ ޝެއާކުރާ އެޕްލިކޭޝަން ޓިކްޓޮކް ވެސް އެތައް ފަހަރެއްގެ މަތިން ބްލޮކްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
