ބެލްޖިއަމަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި

ބެލްޖިއަމަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ނާކާމިޔާބު ކޮށްލައިފި
ލިޔުން:
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ތާއީދުކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ބެލްޖިއަމްގެ ފުލުހުން ހަތް މީހަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފިއެވެ.
ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ ތުހުމަތު ކުރެވޭ އެންމެންނަކީ ވެސް ޗެޗެން ދަރިކޮޅުގެ މީހުން ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަކީ ބެލްޖިއަމްގެ ރައްޔިތެއް ކަމަށެވެ. ހަމަލާދޭން ރާވާފައިވާ ސީދާ ކޮން ތަނަކަށްކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެލީޓް ޔުނިޓްތަކުގެ އެހީތެރިކަމާއެކު ފުލުހުން ހިންގި އޮޕަރޭޝަންގައި ބެލްޖިއަމްގެ ހުޅަނގުގެ ބައެއް އަވަށްތަކުގެ ނުވަ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
"ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތަކުގައި ބައިވެރިވުމާއި ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވުމުގެ ދައުވާ ހިމެނޭ" ބަޔާނުގައިވެ އެވެ. ހައްޔަރުކުރި ހަތް މީހުންނަކީ ވެސް ބެލްޖިއަމްގައި ޓެރަރިސްޓް ހަމަލާއެއް ދޭން ތައްޔާރުވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ޕްރޮސެކިއުޓަރުން ވިދާޅުވިއެވެ.
އެ އެންމެންނަކީ ވެސް "އައިއެސްއަށް ތާއީދުކުރާ ވަރުގަދަ ބަޔަކަށް ނިސްބަތްވާ" މީހުންނެވެ.
ފެޑެރަލް ޕްރޮސެކިއުޓަރުންގެ އޮފީހުގެ ތަރުޖަމާނު އެރިކް ވެން ޑުއިސް އޭއެފްޕީއަށް ވިދާޅުވީ ބެލްޖިއަމްގައި ހުންނަ މުއައްސަސާއަކަށް އަމާޒުކުރަން އެމީހުން ގަސްދުކުރި ކަމަށް ބެލެވޭ ކަމަށެވެ. ގެންޓް ސިޓީގެ އިތުރުން ރޮސެލަރޭ، މެނެން، އޮސްޓެންޑް އަދި ވެވެލްޖެމްގައި ފުލުހުން ވަނީ ރެއިޑްކޮށްފައެވެ.
ބެލްޖިއަމްގައި 2016 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ބްރަސަލްސްގެ އެއާޕޯޓާއި ވެރިރަށް މެޓްރޯއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 32 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަަހަމްވިއެވެ. އެ ހަމަލާގެ ޒިންމާ ނެގީ އައިއެސް ޖަމާއަތުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
