ބާސްމަތީ ހަނޑުލުގެ ޑިމާންޑު ބޮޑުވެ، ޝިޕްމެޓްތައް އަވަސްކޮށްދޭން އެދެން ފަށައިފި

ބާސްމަތީ ހަނޑުލުގެ ޑިމާންޑު ބޮޑުވެ، ޝިޕްމެޓްތައް އަވަސްކޮށްދޭން އެދެން ފަށައިފި
ލިޔުން:
އިންޑިއާއިން ބާސްމަތީ ނޫން ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރުމާ އެކު، އެ ގައުމުގެ ހަނޑޫ އެކްސްޕޯޓްކުރާ ފަރާތްތަކަށް ބާސްމަތީ ހަނޑުލުގެ ޝިޕްމަންޓްތައް އެޑްވާންސްކޮށް ގަތުމަށް އެދެމުން ކަމަށް އިންޑަސްޓްރީގެ އޮފިޝަލުން ބުނެފިއެވެ.
މިމަހުގެ ކުރީކޮޅު ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ އިންޑިއާއިން ވަނީ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.
ބާސްމަތީ ހަނޑޫ އެކްސްޕޯޓުކުރާ ޖީއާރްއެމް އޯވަސީސްގެ މެނޭޖިން ޑިރެކްޓަރު އަތުލް ގަރްގް ވިދާޅުވި ގޮތުގައި ގަންނަ ފަރާތްތަކުން އަވަހަށް ޝިޕްމަންޓަށް އެދެނީ ސަރުކާރުން ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަންނަ ފަރާތްތަކުން ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގައި ސޮއިކުރަނީ ކޮންމެ މަހަކު ވެސް ވަކި މިންވަރެއް ޑެލިވަރީ ކުރުމުގެ ޔަގީންކަމާ އެކު އެވެ. އެހެން ނަމަވެސް، މިހާރު އެދެނީ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ފޮނުވަން ޖެހޭ ތަކެތި އޮގަސްޓް މަހު ފޮނުވުމަށެވެ.
2022/23 ވަނަ އަހަރު އިންޑިއާއިން ގާތްގަނޑަކަށް 4.5 މިލިއަން މެޓްރިކް ޓަނުގެ ބާސްމަތީ ހަނޑޫ އެކްސްޕޯޓްކޮށްފައިވާއިރު، އެންމެ ގިނައިން ގަންނަ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، އީރާން، އިރާގު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔަމަން އަދި އެމެރިކާ ހިމެނެއެވެ.
އިންޑިއާއިން ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓު ކުރުން މަނާކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި ގަންނަނީ ސެނެގާލް، ބެނިން، ޓޯގޯ، ބަންގްލަދޭޝް އަދި ކޯޓް ޑި އައިވަރީއެވެ.
މީގެ ކުރިން އިންޑިއާއިން ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފައި ނުވި ނަމަވެސް 2008 ވަނަ އަހަރު އެގައުމުން ވަނީ އެކްސްޕޯޓް ޓެކްސް ނަގައިފައެވެ.
"ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރުން މަނާކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމުގެ ޔަގީންކަން ގަންނަ ފަރާތްތަކަށް މި ދެނީ، އެކަމަކު ސަރުކާރުން ދާދި ފަހުން ނިންމި ނިންމުންތަކުގެ ސަބަބުން ބައެއް ގަންނަ ފަރާތްތައް ހާސްވޭ،" ނިއު ދިއްލީގެ އެހެން އެކްސްޕޯޓަރަކު ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
