މާލެ: 31°C

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އޮޒެމްޕިކް އިންޖިކްޝަނުން ތައިރޮއިޑް ކެންސަރަށް މަގުފަހިވޭ- ދިރާސާ 

January 26, 2025
684 ފަހަރު ބަލާފައި
ބަރުދަން ލުއިކުރުމަށް ބޭނުންކުރާ އޮޒެމްޕިކް އިންޖިކްޝަނުން ތައިރޮއިޑް ކެންސަރަށް މަގުފަހިވޭ- ދިރާސާ 
ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަރުދަން ލުއިކުރުމަށާއި ހަކުރު ބައްޔަށް  މިހާރު ބޭނުންކުރަމުން އަންނަ އޮޒެމްޕިކް އިންޖިކްޝަން ބޭނުންކުރަން ފަށާތާ ފުރަތަމަ އަހަރު ތެރޭގައި ތައިރޮއިޑް ކެންސަރު ޖެހުމަށް މަގުފަހިވެދާނެކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ.

އޮޒެމްޕިކް އަކީ  ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ބަރުދަން ލުއިކުރުމުގެ ބޭނުންކުރަމުން އަންނަ ބޭހެކެވެ. މި ބޭސް ބޭނުންކުރަން ފަށާތާ މަދު މަސްތަކެއްގެ ތެރޭގައި ހަށިގަނޑުގައި ބަރުދަން 20 އިންސައްތައަށް ދައްކޮށްދެއެވެ. އެހެންނަމަވެސް މި ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން 350،000 މީހުން ޓްރެކް ކޮށް އެމެރިކާގެ ޑޮކްޓަރުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހަކުރު ބައްޔަށް ބޭނުންކުރާ އެހެން ބޭސްތަކަށްވުރެ މި ބޭސް ބޭނުންކުރުމުން ތައިރޮއިޑް ކެންސަރު ޖެހުމަށް މަގުފަހިވާލެއް ބޮޑުތަނުން މަތިކަމަށެވެ.

ގެއިތުރުން ، 2023 ވަނަ އަހަރު މި ބޭހުގައި ހިމެނޭ ސެމަގުލުޓައިޑް،މީދާތަކަށް ބޭނުންކޮށް ކުރި ދިރާސާއަކުން މީގެ ސަބުން ތައިރޮއިޑް ކެންސަރުގެ ބާވަތެއް ކަމަށްވާ މެޑުލަރީ ތައިރޮއިޑް ކެންސަރަށް މަގުފަހިވާކަން ފެނިފައިވެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ