މާލެ: 31°C

ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރަން ފުރުސަތު ނުދީ! ފިރިމީހާ ވިޔަސް، ފޮޓޯ ނެގުނަނުދީ!

March 19, 2024
3 ފަހަރު ބަލާފައި
ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރަން ފުރުސަތު ނުދީ! ފިރިމީހާ ވިޔަސް، ފޮޓޯ ނެގުނަނުދީ!
ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރަން ފުރުސަތު ނުދީ! ފިރިމީހާ ވިޔަސް، ފޮޓޯ ނެގުނަނުދީ!
ވަރަށް ހާސްވެ ރޮވިފައި ހުރެ ރައްޓެހި އަންހެންކުއްޖަކު ގުޅިއެވެ. ކާކުކަން ނޭނގޭ ގޮތަށް ނޫހުގައި މިވާހަކަ ޖަހައި ދިނުމަށް އެދުނެވެ. އޭނާ ބުނީ، ކުރީގެ ފިިރިމީހާ، މަސްތުވާތަކެތި ބޭނުންކުރުމަށް ލާރިހޯދަން އޭނާގެ އަތުން ފައިސާ ނަގާނަގާ މިހާރު ދަރަނިވެރިވެފައިވާ ކަމަށެވެ. އެފަދަ މީހުންގެ ވާހަކަ އެންމެންގެ ސަމާލުކަމަށް ގެނައުމަށް އޭނާ އެދުނެވެ. ކުރީގެ ފިރިމީހާ އެދޭ ވަރަކަށް ލާރި ދެނީ ކީއްވެތޯ އެހުމުން ވަަރަށް ޖެހިލުންވެ ލަދުން ހުރެ ބުނީ އޭނާގެ ފޯނުގައި ފޮޓޯތަކެއް ހުންނާނެ ކަމަށެވެ. އަދި އެފޮޓޯތަޢް ފޮނުވާ ބިރުދައްކާ ކަމަށެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ހިނގި ކަމެކެވެ. މިކަހަލަ ކިތައް އަންހެންކުދިން މި ކުޑަ މުޖުތަމައުގައި އެބައުޅޭ ހެއްޔެވެ. މާބޮޑަށް ވިސްނާލުމެއް ނެތި، އެކުގައި އުޅޭ ބައިވެރިޔާގެ ފޯނުން ނަގާލެވޭ ފޮޓޯ އަކުން ނުވަތަ ކޮށްލާ މެސެޖެއްގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް ހިތަކަށް ވެސް ނުގެނެވެއެވެ. ބްލެކްމެއިލް ކުރުމަކީ  ވަކި ކަމެއް، މީހެއްގެ ނުރުހުމުގައި ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ، އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ އަމަލެއް ހިންގާނެކަމުގެ ބިރު ދެއްކުމަށެވެ. ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މައުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާކުރުމަށް ނުވަތަ މަންފާ ހޯދަމުން ދިއުމަށެވެ. އެއީ ގާނޫނީ ކުށެކެވެ. ކުރިން ކައިވެނި ކޮށްގެން އުޅުނު ބައިވެރިޔާ ނުވަތަ ލޯބިވެރިންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް, ބިރު ދައްކާ ނާޖާއިޒް ފައިދާ ނަގާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް މީގެ ދެދުވަސްކުރިން ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އޮރިޔާން ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލް މައްސަލަތައް ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.
"މިގޮތުން ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުންނާއި ރައްޓެހިވެގެން ގުޅިގެން އުޅޭއިރު ނަގާފައި ހުންނަ ފޮޓޯ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ ވީޑީއޯ ބޭނުންކޯށްގެން ބްލެކްމެއިލް ކުރުމުގެ ކަންތައްތަކެއް ހިނގާ އެބަ," ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވިއެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް އޭގެެއިން ދިމާވާ ފަރާތްތަކާއެކު ވީޑިއޯ ކޯލް ކޮށްގެން އެކަކު އަނެކަކު ބަހަރަނާ ވެ ކުރާ ކަންތައްތަކުގެ ސަބަބުން ބްލެކްމެއިލް ކޮށްގެން ހުށަހަޅާ މައްސަލަތައް ވެސް ގިނަ ކަމަށް ސަފްއަތު ވިދާޅުވިއެވެ. ފުލުުން އިތުރަށް ބުނީ އެފަދަ އަނެއް މައްސަލައަކީ މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ބައްދަލުކުރަން ގެސްޓު ހައުސްތަކަށް ގެންގޮސްގެން ހިންގާ ބްލެކްމެއިލްގެ މައްސަލަތައް ކަމަށެވެ.
"ގެސްޓު ހައުސްތަކަށް ދިއުމުން ގަދަކަމުން ހިފަހައްޓާ ރޭޕްކޮށް ވީޑިއޯކޮށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި ބިރު ދައްކަމުުންދާ ކަން އިތުރުވަމުންދާ ކަން ފާހަގަކުރަން," ސަފްއަތު ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިފަދަ ކަންކަމަކީ ސީރިއަސް މައްސަލަތަކެވެ. ބްލެކްމެއިލް ގެ ޝިކާރައަކަށް ވުމަކީ، ނަފްސާނީ ގޮތުން ބަލިކަށިކުރުވާ އެކަމުގެ ސަބަބުން އިތުރު އިޖުތިމާއީ އެތަށް މައްސަލަތަކެއް ނިކުމެދާނެ ކަމެކެެވެ. މިކަމުން ސަލާމަތްވެ ތިބުމަށް އޮތީ ހަަމަ އެންމެ ހައްލެކެވެ. ފިރިމީހާ ވިޔަސް، އަނބިމީހާ ވިޔަސް ކިތަންމެ ލޯބިވިޔަސް، ކިތަންމެ އިތުބާރު ކުރެވުނަސް، ފޮޓޯ ނުފޮނުފޮނުވާށެވެ. ފޯނުން ބަރަހަނާ ފޮޓޯ އެއްގޮތަކަށް ވެސް ނުނަގާށެވެ. އެފަދަކެމެއް އެހެންމީހެެއްގެ ފަރާތުން ވެސް ވިޔަނުދޭށެވެ. ފޮޓޯނެގުނަނުދޭށެވެ. ތިމާގެ އަބުރު ރައްކާތެރި ކުރާނީ ތިމާއެެވ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ