މާލެ: 31°C

ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް

May 15, 2023
2 ފަހަރު ބަލާފައި
ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް
ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް
ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ވަރަށް ބާރުގަދަ ތޫފާނެއް އަރައިފިއެވެ. މޯޗާގެ ނަމުން ނަން ދީފައިވާ އެ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާއިރު ގޮނޑުދޮށް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުވެފައެވެ. ބަންގަލަދޭޝް ގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ކޮކްސް ބާޒާރުގައި ހަދާފައިވާ 500 އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ސަރަޙައްދުގެ 500،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހުނު ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ރެފިއުޖީ ރިލީފް އެންޑް ރިޕެޓްރިއޭޝަން ކޮމިޝަނަރުގެ މިޒާނޫރު ރަހްމާން ވިދާޅުވީ ތޫފާނުގެ ސަބަބުން ކޭމްޕްތަކުގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ތޫފާން މޯޗާ އަކީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއިން ފެނުނު އެންމެ ބާރުގަދަ ތޫފާނަށް ވެދާނެ ކަމުގެ އިންޒާރު ފޯކާސްޓަރުން ވަނީ ދީފައެވެ. އެކު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިޔަންމާގެ ސިޓްވޭ ސިޓީ ބޮޑު ބައެއްގައި ކަރަންޓާއި އިންޓަނެޓް ކަނެކްޝަންތަކަށް ބުރޫއަރާފައިވާއިރު ވައިގަދަވުމުގެ ސަބަބުން ޓެލެކޮމް ޓަވަރެއް ވެއްޓުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ