މާލެ: 31°C

ބަނގުލަދޭޝް ގެ ޕާލިމަންޓް އުވާލުމަށްފަހު ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ މިނިވަންކުރަން އެގައުމުގެ ރައީސް އަމުރުކުރައްވައިފި

August 6, 2024
2 ފަހަރު ބަލާފައި
ބަނގުލަދޭޝް ގެ ޕާލިމަންޓް އުވާލުމަށްފަހު ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ މިނިވަންކުރަން އެގައުމުގެ ރައީސް އަމުރުކުރައްވައިފި
ބަނގުލަދޭޝް ގެ ޕާލިމަންޓް އުވާލުމަށްފަހު ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ މިނިވަންކުރަން އެގައުމުގެ ރައީސް އަމުރުކުރައްވައިފި
ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝެއިޙް ހަސީނާ އިސްތިއުފާ ދެއްވައި ގައުމުދޫކުރައްވައި ފިއްލެވުމާގުޅިގެން  ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ އެގައުމުގެ ޕާލިމަންޓް އުވާލައި ގޭބަންދުގައި ހުރި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ މިނިވަންކޮށް ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރެއް ގާއިމްކުރަން މަސައްކަތް ކުރަމުންގެންދާ ކަމަށް ވިދާޅުވެފައެވެ. ބަނގުލަދޭޝްގެ ގާނޫނު އަސާސީގައި 3 ބާރުގެ ވެރިޔާ ކަމަށް ކަނޑައަޅާފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރީއްޔާއެވެ. އެހެންކަމުން ރައީސް މުހައްމަދު ޝަހާބުއްދީން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާޖަތަކާއި އަދި ސަލާމަތީ ހިދުމަތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ކޯޓާއާ ދެކޮޅު މުޒާހިރާގައި ދަރިވަރުންނާއި އެހެނިހެން އާއްމު ރައްޔިތުން މަރުވުމާ ގުޅިގެން ތައުޒިޔާގެ ގަރާރެއްވެސް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އަދި މުޒާހިރާތަކުގައި ހައްޔަރުކޮށްފައިވާ ހުރިހާ ދަރިވަރުންނާއި އާއްމުން ދޫކޮށްލުމަށްވެސް ރައީސް މުހައްމަދު ޝަހާބުއްދީން ވަނީ ނިންމަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ