ބަންގްލަދޭޝްގެ އިމާރާތެއްގައި އެއްޗެއް ގޮވައި 18 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ އިމާރާތެއްގައި އެއްޗެއް ގޮވައި 18 މީހުން މަރުވެއްޖެ
ލިޔުން:
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިމާރާތެއްގެ ތެރޭގައި އެއްޗެއް ގޮވި ހާދިސާގައި 17 މީހުން މަރުވެ 40 މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެ ގޮވުން ގޮވާފައިވަނީ ހޯލްސޭލް ތަކެތީގެ ވިޔަފާރިތައް ހުންނަ ގުލިސްތާނު ކިޔާ ސަރަހައްދެއްގެ އިމާރާތެއްގެ ހަތަރު ވަނަ އަދި ފަސް ވަނަ ފަންގިފިލާގައެވެ.
ހަލަބޮލި ވިޔަފާރީގެ ސަރަހައްދުގައި ބޮޑު އެއްޗެއް ގޮއްވާލި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. ފުލުހުންގެ އިންސްޕެކްޓަރު ބަޗޫ މިއާ އޭއެފްޕީއަށް ވިދާޅުވީ މިހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނޭ ކަމަށެވެ.
މިއާ ވިދާޅުވީ ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލް (ޑީއެމްސީއެޗް) އަށް 140 އަށް ވުރެ ގިނަ މީހުން ގެނެސްފައިވާ ކަމަށެވެ. ހޮސްޕިޓަލުގެ ޑިރެކްޓަރު ނަޒްމުލް އިސްލާމް އޭއެފްޕީއަށް ވިދާޅުވީ ބޮލަށް ލިބުނު ޒަހަމްތަކާއި ބޯ ފަޅައިގެން ދިއުމާއި އެހެނިހެން ޒަހަމްތަކަށް ޑީއެމްސީއެޗްގައި 112 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
"ޒަހަމްތަކުގެ ޕެޓާނުން އެނގެނީ އެއީ ވަރަށް ބޮޑު ގޮވުމެއްކަން،" އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުން މޮބިލައިޒް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޒަހަމްވި ބައެއް މީހުން އެ ސިޓީގެ އެހެން ހޮސްޕިޓަލްތަކަށް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވި ނަމަވެސް 150 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ފަޔާ ސާވިސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ބަންގްލަދޭޝްއަކީ ސިނާއީ ކާރިސާތަކުގެ ތާރީހެއް އޮތް ގައުމެކެވެ އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ސިނާއީ ކާރިސާގައި، ރަނާ ޕްލާޒާ ގާމެންޓް ފެކްޓްރީ ވެއްޓި 1،100 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ވެރިރަށް ޑާކާގެ އެންމެ ދުވަސްވީ ސަރަހައްދުގެ އެޕާޓްމަންޓްތަކާއި ފިހާރަތަކާއި ގުދަންތަކުން ފުރިފައިވާ 400 އަހަރުވީ ސަރަހައްދެއްގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި 67 މީހުން ވަނީ މަރުވެފައެވެ. ގަވައިދާ ހިލާފަށް ކެމިކަލް ރައްކާކުރާ ގެއެއްގައި 2010 ވަނަ އަހަރު އޯލްޑް ޑާކާގައި ހިނގި އަލިފާނުގެ ހާދިސާގައި 123 މީހުން ވަނީ މަރުވެފައެވެ.
ފުޑް އެންޑް ބެވަރޭޖް ފެކްޓްރީއެއްގައި 2021 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 52 މީހުން މަރުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
