މާލެ: 31°C

ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން އާންމު އިންތިހާބުގައި ވާދަނުކުރަން ނިންމައިފި

March 13, 2023
2 ފަހަރު ބަލާފައި
ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން އާންމު އިންތިހާބުގައި ވާދަނުކުރަން ނިންމައިފި
ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން އާންމު އިންތިހާބުގައި ވާދަނުކުރަން ނިންމައިފި
އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަންގަލަދޭޝްގެ އާންމު އިންތިހާބުގައި މައި އިދިކޮޅު ޕާޓީން ބައިވެރި ނުވާނެ ކަމަށް އެ ޕާޓީގެ އޮފިޝަލުން އީޔޫގެ ޑިޕްލޮމެޓުންނަށް އެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ. ޕާލިމެންޓް އިންތިހާބުގެ ކުރިން ނިއުޓްރަލް ނޮން ޕާޓިޝަން ކެއާޓޭކާ ސަރުކާރެއް އުފައްދަން ގޮވާލައި ބަންގްލަދޭޝް ނޭޝަނަލް ޕާޓީ، (ބީއެންޕީ) އިން ތުހުމަތުކުރާ ގޮތުގައި ނިމިދިޔަ އިންތިހާބު އޮޅުވާލުންތަކެއް ވަނީ ހިންގާފައެވެ. އެހެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެންޕީގެ އިސް ލީޑަރެއް ކަމަށްވާ އާމިރު ހަސްރޫ މަހްމޫދު ޗައުދަރީ ވިދާޅުވީ އީޔޫއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗާލްސް ވައިޓްލީ އިސްކޮށް ހުންނަވާ ފްރާންސް، އިޓަލީ، ސްވިޑަން، ޖަރުމަން، ސްޕެއިން، ނޯވޭ އަދި ނެދަލޭންޑްސްގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. "ޔަގީނުން ވެސް ބީއެންޕީން މި ސަރުކާރުގައި އިންތިހާބަކަށް ނުދާނެ - އަޅުގަނޑުމެން އެބޭފުޅުންނަށް (އީޔޫގެ ޑިޕްލޮމެޓުންނަށް) ފާޅުގައި އަދި ސާފުކޮށް ދަންނަވައިފިން،" ޗައުދަރީ ވިދާޅުވިއެވެ. ބީއެންޕީން ތުހުމަތު ކުރާ ގޮތުގައި އެ ގައުމުގެ އިންތިހާބީ ނިޒާމު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ބަންގްލަދޭޝްއަކީ 1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަންވި ފަހުން ބީއެންޕީ އާއި ވެރިކަން ކުރާ އަވާމީ ލީގުގެ ބާރުގެ ދަށުން ހިންގަމުން އަންނަ ގައުމެކެވެ. ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް އުފުލާފައިވަނީ  ބީއެންޕީގެ ލީޑަރު ހާލިދާ ޒިޔާ ޖަލަށް ލާފައިވާ ކަމުގެ ތުހުމަތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ