ބަންގްލަދޭޝްއިން އިދިކޮޅު މައި ޕާޓީގެ ނޫހެއް ބަންދުކޮށްފި

ބަންގްލަދޭޝްއިން އިދިކޮޅު މައި ޕާޓީގެ ނޫހެއް ބަންދުކޮށްފި
ލިޔުން:
ބަންގްލަދޭޝްގެ ސަރުކާރު ސަސްޕެންޑް ކުރުމުގެ އަމުރަށް ތާއީދުކުރުމުން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ހަމައެކަނި ނޫސް ޝާއިއުކުރުން ހުއްޓާލައިފިއެވެ.
ސަރުކާރުން ބަންދުކުރަން ނިންމީ ބްރޯޑްޝީޓް ބެންގާލީ ބަހުގެ ނޫހެއް ކަމަށްވާ ދައިނިކް ޑިންކަލްއެވެ. އެއީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވަރަށް މުހިންމު އަޑެކެވެ. އެ ނޫސް ހިންގަމުން އަންނަތަާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިންގެ ބާރުގެ ދަށުގައި ވާ ނޫސްތަކާއި ހިލާފަށް އެ ނޫހުން އައީ ހުރިހާ ވައްތަރެއްގެ ހަބަރުތައް ކަވަރު ކުރަމުންނެވެ.
އެ ނޫހުން ބުނީ ނޫސް ބަންދުކުރަން ޑާކާ ޑިސްޓްރިކްޓް އޮތޯރިޓީން އެންގީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް އެ ނޫހުން ދިޔައީ ލިއުންތައް ޝާއިއުކުރަމުންނެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
އެ ނޫހުގެ ހުއްދަ ބާތިލްކުރީ އެ ނޫހުން އެގައުމުގެ ޕްރިންޓިން އާއި ޕަބްލިކޭޝަން ގާނޫނާ ހިލާފުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ މަހު ހަސީނާގެ ސަރުކާރުން ވަނީ އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ދައުލަތާ ދެކޮޅު ހަބަރު ޝާއިއުކުރި ކަމަށް ތުހުމަތުކުރާ 191 ވެބްސައިޓެއް ބަންދުކުރަން އަންގައިފައެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލި 2022 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ބަންގްލަދޭޝް އޮތީ ރަޝިއާ (155) އަދި އަފްގާނިސްތާން (156) އަށް ވުރެ ދަށުގައި 162 ވަނައިގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
